ޕޮޕް މިއުޒިކްގެ ކުރީގެ ރަސްގެފާނު މައިކަލް ޖެކްސަން ގެ ބަޔޯ ޕިކެއް އުފައްދަން ނިންމައިފިއެވެ.
މައިކަލް ޖެކްސަން ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފައިވަނީ ލަޔަންސްގޭޓާ ގުޅިގެން ނެވެ. މީގެ ޑައިރެކްޓަރަކީ އެންޓޮއިން ފުގްއާ އެވެ. އޭނާއަކީ މިދިޔަ އަހަރު އެޕްލް ޓީޕީ ޕްލަސް އިން ގެނެސްދިން ވިލް ސުމިތުގެ "އެމަންސިޕޭޝަން" ގެ ޑައިރެކްޓަރެވެ. އެންޓޮއިން ހަދާފައިވާ ފިލްމުތަކުގެ ތެރޭގައި "ޓްރެއިނިން ޑޭ"، "ކިންގް އާތާ"، "އޮލިމްޕަސް ހޭޒް ފޯލެން" އަދި "ދަ މެގްނިފިޝަންޓް" ހިމެނެއެވެ.
"މައިކަލް" ގެ ނަން ދީފައިވާ މި ފިލްމަކީ "ބޮހީމިއަން ރަޕްސޮޑީ" އާއި "ދި އޭވިއާޓޭ" އަދި "ދަ ޑިޕާޓެޑް" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ގްރަހަމް ކިންގް ޕްރޮޑިއުސް ކުރާ ފިލްމްއެކެވެ. ނަމަވެސް ފިލްމުގެ ޓައިޓްލް ރޯލު ކުޅޭނެ މީހަކު އަދި ހާމައެއް ނުކުރެއެވެ.
"މައިކަލް" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޖޯން ލޯގަންއެވެ. "މައިކަލް" އަށް ތައްޔާރީތައް ވަމުން އަންނަ އިރު، މީގެ ޝޫޓިން އޮތީ މިހާރު ފެށުމުގެ އެންމެ ފަހު މަރުހަލާގަ އެވެ.
މައިކަލް ޖެކްސަން އަކީ ދުނިޔޭގައި އުފެދުނު އެނމެ ނުފޫޒު ގަދަ މިއުޒިކީ ޝަހުސިއްޔަތެވެ. އޭނާ މަރުވެފައިވަނީ އުމުރުން 51 އަހަރުގައި 2009 ގައެވެ.
ކޮމެންޓު ފޮނުވާ