ޙައްޤު ބަޔާން ނުކޮށް ހުންނަ މީހާއަކީ މަންމަނު ޝައިޠާނެ: ޑރ.އިޔާޒް

ޙައްޤު ބަޔާން ނުކޮށް ހުންނަ މީހާއަކީ މަންމަނު ޝައިޠާނެ: ޑރ.އިޔާޒް

Author
ޢަލީ އާދަމް
21 ޖެނުއަރީ 2023 10:49
0

ބައެއް ސަލަފުއްޞާލިޙުންގެ ކިބައިން ވާރިދުވެގެންވާގޮތުގައި ޙައްޤު ބަޔާން ނުކޮށް ހުންނަ މީހާއަކީ މަންމަނު ޝައިޠާނެއްކަމުގައި ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް ބައެއްކަމާ ގުޅޭގޮތުން ޚާއްސަކޮށް ސިޔާސީ ބޭބޭފުޅުންނާ ގުޅުވައިގެން ކުރައްވާ ޓްވީޓުތަކާއި ދައްކަވާ ވާހަކަފުޅުތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަރަށްބކޮޑަށް ފާޑުކިޔައެވެ. މި ފާޑުކިއުންތަކާ ގުޅިގެން ކުރެއްވި ޓްވިޓެއްގައި ޑރ.އިޔާޒް ވިދާޅުވެފައިވަނީ ބައެއް ސަލަފުއްޞާލިޙުންގެ ކިބައިން ވާރިދުވެގެންވާގޮތުގައި ޙައްޤު ބަޔާން ނުކޮށް ހުންނަ މީހާއަކީ މަންމަނު ޝައިޠާނެއްކަމަށެވެ. އަދި ބާޠިލް ދިފާޢުކުރާ މީހާއަކީ ވާހަކަދައްކާ ޝައިޠާނެއްކަމަށާ، އެހެންކަމުން, ބަޔަކު މީހުން ކިތަންމެ ރުޅިއަޔަސް, ކިތަންމެ ޖެއްސުމެއް ކުރިޔަސް, ޙައްޤު ބަޔާންނުކޮށް، ތިބުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫންކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.

ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަކީ މިއުއްމަތުގެ މީހުން ކުރަންޖެހޭ ކަމެއްކަމަށާ، "މީސްތަކުންނަށް މުންކަރާތެއް ފެނި އެކަން މަނާނުކޮށް ތިބެއްޖެނަމަ އެންމެންގެ މައްޗަށް ޢާއްމުވެގެންދާ ފަދަ ޢިޤާބެއް ފޮނުއްވުން ގާތް" ކަމަށް ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅުގެ މާނާގައިވާކަމަށްވެސް ޑރ.އިޔާޒް ވިދާޅުވެފައިވެއެވެ.

އެހެންކަމުން މުންކަރާތެއް ފެނިއްޖެނަމަ އަތުން މަނާކުރުމާއި، އެކަމުގެ ކުޅަދާނަކަން ނެތްނަމަ ދުލުން މަނާކުރުމަށާއި، އެކަމުގެ ކުޅަދާނަކަން ނެތްނަމަ ހިތުން މަނާކުރުމަށް ރަސޫލާ އަންގަވާފައިވާކަމަށާ، އެއީ އީމާންކަމުގެ އެންމެ ދަަށުދަަރަޖަކަމަށްވެސް ޑރ.އިޔާޒް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާދ
މިކަހަލަކަޑުކޮސްރުޑިންއެއުޅެނީ