ރަވީނާގެ ދަރިފުޅު ރަޝާ ވެސް ބޮލީވުޑްއަށް

ރަވީނާގެ ދަރިފުޅު ރަޝާ ވެސް ބޮލީވުޑްއަށް

ބޮލީވުޑްއަށް އައު މޫނުތަށް ތައާރަފް ވަމުން އަންނަ މި ދަނޑިވަޅުގައި އަނެއްކައިވެސް އިތުރު ނަމެއް މި ލިސްޓަށް އިތުރު ވެއްޖެއެވެ. އެއީ ކުރީގެ މަޝްހޫރު އެކްޓްރެސް ރަވިނާ ޓަންޑަންގެ ދަރިފުޅު ރަޝާއެވެ.

ރަވިނާއަކީ ކާމިޔާބު އެތަށް ފިލްމްއެއް ކުޅެފައިވާ އަދި މަގުބޫލު އެތަށް ލަވައަކުން އާންމުންގެ ލޯބި ހޯދައިފައިވާ ތަރިއެކެވެ. އޭނާ އަކީ 1990ގެ  އަހަރު ތަކުގައި ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާއެވެ.

50 އަަހަރު ބަތަލާ ބޮލީވުޑްއަށް ތައާރަފްވީ 1991 ވަނަ އަހަރު ގެ ފިލްމް "ޕައްތަރުކޭ ޕޫލް" އިންނެވެ. ކެރިއަރުގައި 60 އަށްވުރެ ގިން ފިލްމް ކުޅެފައިވާ ރަވިނާ މިހާރު ބޮޑުސްކްރީން އިން ފެންނަނީ ވަރަށް މަދުންނެވެ. އެންމެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނި "ކޭޖީއެފް 2″ އިންނެވެ.

 

View this post on Instagram

 

A post shared by Aman Gandhi (@gandhi_aman_)

އަޖޭ އަށް ބޮޑޫބޭބެ ކިޔާ އަމަން ގާންދީ ދޭވްގަން އަންނަނީ ބޮލީވުޑްއަށް ތައާރަފް ވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ޒުވާނާ ފެނިގެންދާނީ، އަޖޭ ވެސް ރޯލެއް ކުޅެން ހަމަޖެހިފައިވާ ވަރުގަދަ އެކްޝަން-އެޑްވެންޗަ ފިލްމް އަކުން ކަމަށް ހަބަރުތަށް ބުނެއެވެ. މި ހަބަރާއި އެކުގައި އިތުރު ހަބަރެއްވެސް ވަނީ މިހާރު ފެތުރިފައިއެވެ.

އެއީ އަޖޭ އާއި އަމަން ކުޅޭ ފިލްމްގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ރަޝާ ކަމެވެ. މި އީ އަމަން އަދި ރަޝާގެ ވެސް އަލަތު ފިލްމްއެވެ. މި ދެތަރިންނާއި އެކުގައި އަޖޭ ފިލްމް އިން ފެނިގެންދާ އިރުގައި މި ފިލްމް އަދި ރަސްމީކޮން އިއުލާނެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Rasha (@rashathadani)

ފިލްމީ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ފިލްމް އަކީ މިދިޔަ އަހަރު އަޔޫޝްމަން ކްރާނާ އާއި ވާނީ ކަޕޫރްގެ "ޗަންދީގަޅް ކަރޭ އާޝިގީ" ގެނެސްދިން ޑައިރެކްޓަރު އަބީޝެކްގެ ކަޕޫރްގެ ފިލްމެކެވެ. މި ފިލްްމް އަކީ ވަރަށް ބޮޑު ބަޖެޓަކުން އަދި އެހާމެ ގްރޭންޑް ކޮށް ހަދަން ނިންމައިފައިވާ ފިލްމްއެކެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ އަބީޝެކާއި ރޯނީ ސްކްރޫވާލާ ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *