"ދަ ނައިޓް މެނޭޖާ" ގެ ޓްރެއިލާ ދައްކައިލައިފި

"ދަ ނައިޓް މެނޭޖާ" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
21 ޖެނުއަރީ 2023 11:15
0

ޓޮމް ހެޑެލްސްޓޮންގެ ފިލްމު "ދަ ނައިޓް މެނޭޖާ"ގެ ރިމޭކް ގެ ޓްރެއިލާ ދައްކައިލައިފިއެވެ. މި ވެބް ސީރީޒް ގެ ލީޑުން ފެނިގެންދާނީ އަނިލް ކަޕޫރު އާއި އަދިއްތިޔާ ރޯއީ ކަޕޫރެވެ.

މީގެ ފަސްޓް ލުކް މިހާރު ދައްކައިލައިފައިވާއިރުގައި މިއީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ހަދަން ނިންމާފައިވާ މި ސީރީޒްއެކެވެ. މި ސީރިޒްގެ ޓްރެއިލާ އިން ފެނިގެން ދާ ގޮތުގައި މެނޭޖާރުގެ ރޯލުން ފެނިގެންދާނި އަދިއްތިޔާއެވެ. އަދި ނެގެޓިވް ރޯލަކުން އަނިލް ފެނިގެންދާއިރުގައި މީ ވަރުގަދަ ސީރިޒްއަކަށް ވެގެންދާނެ ކަމަށް ލަފާ ކުރެވެއެވެ. މި ސީރީޒް ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ކުރިއަށް އޮތް ފެބްރުއަރި މަހުގެ 17 ވަނަ ދުވަހުގައި ޕްރިމިއާ ކުރާނެއެވެ.

މި ސީރިޒް އަކީ ސްޕައި ތްރިއަލާ އެކެވެ. "ދަ ނައިޓް މެނެޖާ"ވެގެން ގޮސްފައިވަނީ ބޮޑު ހިޓަކަށެވެ. މި ފިލްމު ވަނީ 74 ވަނަ ގޯލްޑެން ގްލޯބް އެވޯޑްގައި ގިނަ އެވޯޑްތަކެއް ހާސިލް ކޮށްފައެވެ.

 

މީގެ ހަތް އަހަރު ކުރިން ބީބީސީ ވަން އިން ގެނެސްދިން މަގުބޫލު ސިލްސިލާގެ ރިމޭކެއް ހަދާއިރުގައި މި ސިރީޒް ކުޅުމަށް އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ އާމިރް ހާންއާއި އެކުގައިއެވެ. ނަމަވެސް އެއްބަސް ވުމަކަށް ނާދެވުމުން ފަހުން ރިތިކް ރޯޝަން އާއި އެކުގައި ފިލްމް ހެދުމަށް ވާހަކަ ތަކެއް ދެކެވުނެވެ. ނަމަވެސް ރިތިކްގެ އެހެން ތާރީހް ތަކަކާއި ފުށު އަރާތީ އޭނާ މި ސީރީޒް ދޫކޮށްލީއެވެ.

ސަންދީޕް މޯދީ ޑައިރކްޓް ކުރާ މި ސީރީޒްގެ ކާސްޓުގައި  ސޮބީތާ ދުލިޕާލާ، ޓިލޮތާމާ ޝޯމް، ސަސްވަތާ ޗެޓަޖީ، ރަވީ ބޭލް، އަރިސްތާ ސިންގް މެހެތާ، އާކާޝްދީޕް ސަބީރް، ޝްރެނިކް އަރޯރާ އަދި ރޭޝް ލާމްބާ ހިމެނެއެވެ.

މީ އަދިއްތިޔާ އާއި އަނިލް އެކުގައި މަސައްކަތް ކުރާ ދެވަނަ ޕްރޮޖެކްޓެކެވެ. މީގެ ކުރިން މި ދެތަރިން އެކުގައި ވަނީ 2020 ވަނަ އަހަރުގެ ފިލްމް "މަލަންގް" ގައި މަސައްކތް ކޮށްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.