17 އަހަރުގެ ކުއްޖަކު ރޭޕުކުރި މީހަކު 40 އަހަރަށް ޖަލަށް

17 އަހަރުގެ ކުއްޖަކު ރޭޕުކުރި މީހަކު 40 އަހަރަށް ޖަލަށް

Author
ހުސެއިން
19 ޖެނުއަރީ 2023 01:09
0

އުމުރުން 17 އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކޮށް، އެ ކުއްޖާގެ ބަރަހަނާ ފޮޓޯތައް ނަގާ އޮރިޔާން ކާޑު ހެއްދުމުގެ ކުށުގައި މީހަކު 40 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިމައްސަލާގައި ކުރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ ލ. ކަލައިދޫ، މާކަރީލައިޓް، މުހައްމަދު ޝަޒްލީފްގެ މައްޗަށެވެ. އޭނޭގެ މައްޗަށް 2018ވަނަ އަހަރުގެ ފެބްރުއަރީމަހު ދައުވާ އުފުލާފައިވަނީ ކުޑަ ކުއްޖަކު ރޭޕް ކުރުމުގެ އިތުރުން އެކުއްޖާގެ ބަރަހަނާ ފޮޓޯ ނަގާ އޮރިޔާން ކާޑު އުފެއްދާ ގެންގުޅުމުގެ ކުށުގައެވެ.

އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގައި ބުނެފައިވަނީ 2018ވަނަ އަހަރުގެ ޖެނުއަރީމަހު، ލ. ކަލައިދޫ، މާކަރީލައިޓް، މުހައްމަދު ޝަޒްލީފްގެ އެރަށުގެ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް އަންހެންކުއްޖާ ގެންގޮސް އެކުއްޖާއާއި ޖިންސީ ގުޅުން ހިންގުމުގެ އިތުރުން އަންހެން ކުއްޖާގެ ވީޑިއޯކޮށް ބަރަހަނާ ފޮޓޯ ނަގާ ހަދާފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މުހައްމަދު ޝަޒްލީފްގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ކުޑަކުއްޖާ ރޭޕް ކުރުމުގެ ކުށުގައި 20 އަހަރަށް ޖަލަށްލާ އަދި އެކުއްޖާގެ އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ އަދަބެއްގެ ގޮތުން އިތުރު 20 އަހަރަށް، ޖުމްލަ 40 އަހަރަށް ޖަލަށް ލުމަށެވެ.

އޭނާގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މިމައްސަލާގައި މިހާތަނަށް އޭނާ ބަންދުގައި ދެ އަހަރާއި އެއް މަސް ހޭދަ ކޮށްފައިވާތީ ހުކުމް ތަންފީޒު ކުރާންޖެހެނީ މިމުއްދަތު ހުކުމުގެ ޖުމްލަ މުއްދަތުން އުނި ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.