މިސް ޔުނިވާސް ހަރްނާޒް ފަލަ ކަމަށްބުނެ އަނެއްކައިވެސް މަލަމާތް ކުރަން ފަށައިފި

މިސް ޔުނިވާސް ހަރްނާޒް ފަލަ ކަމަށްބުނެ އަނެއްކައިވެސް މަލަމާތް ކުރަން ފަށައިފި

ގުޅުންހުރި

2021 ވަނަ އަހަރުގެ މިސްޔުނިވާސް ގެ ތާޖު އެޅި އިންޑިއާއަށް ނިސްބަތްވާ ހަރްނާޒް ކޯރު ސަންދޫ މާ ފަލަ ކަމަށް ބުނެ އޭނާ އަށް މަލަމާތް ކުރަން ފަށައިފިއެވެ.

މީގެ ކުރިންވެސް އޭނާ ފަލަކަމަށް ބުނެ ސޯޝަލް މީޑީއާގައި ވަަރަށް ބޮޑަށް އޭނާ އަށް ވަނީ މަލާމާތް ކޮށްފައިއެވެ. އެކަމަށް ޖަވާބުދީ އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން ހަރްނާޒް ބުނީ ދިފާއީ ނިޒާމަށް ޖެހޭ ބައްޔެއް އޭނާ ތަހައްމަލުކުރަމުން އަންނަ ކަމަށެވެ. އެއީ ގްލޫޓެއިން އެކުލެވޭ ބާވަތްތައް ކެއުމުން އިމިއުން ރިއެކްޝަނެއް އަންނަ ބައްޔެކެވެ. އޭގެ ސަބަބުން ކޮންމެ ކޮންމެ އެއްޗެއް ނުކެވި، ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން އެންމެ ފުރިހަމަ އަށް ނުލިބޭ ކަމަށާއި އޭނާ ފަލަވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް ވަނީ ބުނެފައިއެވެ.

23 އަހަރުގެ މިސް ޔުނިވާސް ހަރްނާޒް އަކީ ތާޖް އުފުލައިލިއިރު ވަރަށް ލޫޅާފަތި ކޮށްހުރި މީހެއް ނަމަވެސް އޭނާގެ ހަށީގަނޑު މިހާރު ވަރަށް ބޮޑަށް ތަފާތު ފާހަގަ ކުރެވެއެވެ. ހާއްސަ ކޮށް ސޯޝަލް މީޑިއާއަށް އޭނާ މިހާރު ލާ ފޮޓޯތަކުން މޫނުމަތިން ވަރަށް ބޮޑަށް ފަލަކަމަށް ދައްކައެވެ.

އަދިި ހަމަ އެއާއި އެކުގައި މި ހަފްތާގައި އާ މިސް ޔުނިވާސްއެއް ހޮވުމަށް ބޭއްވި ޝޯގައި ހަރުނާޒް ފެނިގެން ދިޔައިރު ހުރީ ވަރަށް ބޮޑަށް ހަށިގަނޑަށް ބަދަލުތަކެއް އައިސްފައެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ފަލަވެފައިއެވެ. އަދި މޫނުމަތި ވެސް ހުރީ ވަރަށް "ޗަބީ" ކޮށެވެ.

މި ފަހަރުގެ މިސް ޔުނިވާސްގައި ހަރުނާޒް އެންމެ ފަހުގެ ހިނގާލުން ހިނގާލި އިރު އޭނާ ސްޓޭޖުމަތިން ނުވެއްޓުނީވެސް ހަމަ ކިރިޔާ އެވެ. ނަމަވެސް ވަރަށް ހުޝިޔާރު ކަމާއިއެކުގައި އޭނާ ވަނި ސަލާމަތް ވެގަނެފައިއެވެ.

މީގެ ކުރިން މީޑިއާ އާއި ވާހަކަ ދައްކަމުން ހަރްނާޒް ބުނީ އޭނާ އަކީ ބޮޑީ ޕޮޒިޓިވިޓީ ގަބޫލުކުރާ މީހެއްކަމަށެވެ. އަދި މިސް ޔުނިވާސްގެ ޕްލެޓްފޯމަކީ އަންހެނުން ބާރުވެރިކުރުމާއި އަންހެނުންގެ ކުރިއެރުމުގެ ވާހަކަ ދައްކާ ތަނެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މީގެއިތުރުން ކޮންމެ މީހަކީވެސް ރީތި މީހެއް ކަމަށާއި ފަލަޔަސް އަދި ހިއްކަަސް އެއީ މައްސަލައެއް ނޫން ކަމަށާއި މީހާގެ ރީތިކަމަށް ބަދަލު އަންނަ ކަމެއްވެސް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ