ސޮނީ ޓީވީގެ މަގުބޫލު ޑްރާމާ "ބަޅޭ އައްޗޭ ލަގްތޭހޭ 2″ ލީޑުން ފެނިގެންދާ ދެ ތަރިން ކަމުގައިވާ ނަކުލް މެހެތާ އާއި ދިޝާ ޕަރްމަރް ވަނީ އެ ޝޯވ އިން ދެން ނުފެންނާނެ ކަން އިއުލާން ކޮށްފައިއެވެ.
މި ޑްރާމާ އެމީހުން ދޫކޮށްލި ހަބަރާއި ގިނަ ބަޔެއްގެ ހިތުގައި ސުވާލު އުފެދިގެން އައީ ދެން ޑްރާމާގެ ލީޑުން ފެންނާނީ ކޮން ތަރިންނެއް ތޯއެވެ. އަދި ގިނަ ބަޔަކު ތިބީ ޑްރާމާގެ އާ ލީޑުން ފެންނާނެ ތަރިންނަކީ ކޮބައިތޯ ބެލުމަށް ކެތްމަދުވެފައިއެވެ.
ޝޯ ދެން ދައްކާނީ 20 އަހަރު ފަހަށް ޖައްސާލައި މިހާރު ލީޑް ރޯލު ކުޅޭ ދިޝާ ޕަރްމާރް އާއި ނަކުލް މެހެތާގެ ރާމް އާއި ޕްރިޔާގެ ކެރެކްޓާ މަރުވާ ކަމަށް ދެއްކުމަށްފަހު ދެން ޝޯގެ ލީޑް ރޯލުން ފެންނާނީ ރަންދީޕް ރާއީ އައި ނީތީ ޓޭލާ އެވެ.
ރާމް އާއި ޕްރިޔާ އެކްސިޑެންޓެއްގައި މަރުވާ ކަމަށް ދެއްކުމަށްފަހު ދެން ދައްކަން ހަމަޖެހިފައިވަނީ އެތައް އަހަރެއްގެ ފަހެވެ. އެމީހުންގެ ދަރިފުޅު ޕީހޫ ބޮޑުވެފައި ހުއްޓަ އެވެ. މި ޝޯވ ގެ ލީޑުން މިދެތަރިން ވަކިވި އެއްމެ ބޮޑު އެއް ސަބަބަކީވެސް އެއެވެ. ބޮޑެތި ކުދިންގެ މައިންބަފައިންގެ ރޯލުން ފެންނަން ބޭނުން ނުވުމެވެ.
"ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ނަމުގައި އެކްތާ ވަނީ މީގެ ކުރިންވެސް ޑްރާމާއެއް ގެނެސްދީފައެވެ. 2011 އިން 2014 އަށް ގެނެސްދިން މިޑްރާމާގައި ފެނިގެން ދިއައީ ސާކްޝީ ތަންވަރް އާއި ރާމް ކަޕުރެވެ. މިއީ ވަރަށް މަގުބޫލުވި ޑްރާމާއެކެވެ.
ކޮމެންޓު ފޮނުވާ