ޝީޒަން ގެ ބަދަލުގައި "އަލީ ބާބާ"އަށް އަބީޝެކް

ޝީޒަން ގެ ބަދަލުގައި "އަލީ ބާބާ"އަށް އަބީޝެކް

Author
ފާތިމަތު ނާވީ
17 ޖެނުއަރީ 2023 01:19
0

ސަބް ޓީވީގެ މަގުބޫލު ޝޯވ  "އަލީ ބާބާ: ދާސްތާން އޭ ކާބުލް"ގައި ބަތަލާގެ ރޯލުން ފެނިގެންދިއަ ތުނިޝާ ޝަރުމާ އަމިއްލަ އަށް މަރުވި ހާދިސާ އާއި ގުޅިންގެ މި ޑްރާމާގެ ލީޑުން ފެނިގެންދާ އެކްޓަރު ޝީޒަން ޚާން ޖަލައްލުމާއި ގުޅިގެން އެރޯލުން ދެން ފެނިގެންދާނީ  އަބީޝެކް ނިގަމް ކަމަށް ބުނެފިއެވެ.

ތުނީޝާ އާއި ޝީޒަން އުޅުނީ ރައްޓެހިވެގެންނެވެ. ނަމަވެސް ތުނީޝާ މަރުވުމުގެ 15 ވަރަކަށް ދުވަސް ކުރިން ވަނި އެމީހުން ރުޅިވެފައިއެވެ. ތުނީޝާ މަތުވީ ޝީޒަން ރުޅި ވުމުން ލިބުނު ހިތާމަތަކުގެ ސަބަބުން ކަމަށް މީޑީއާއިން ބުނެއެވެ.

 

View this post on Instagram

 

A post shared by Sheezan M Khan (Baba) (@sheezan9)

އަދި އޭނާ އިނީ ޝީޒަން ގެ ދަރިއަކަށް ބަލިވެ ކަމަށްވެސް ބުނެފައިވެއެވެ. ތުނީޝާ މަރުވެފަިއ ހުއްޓާ ފެނިގެފައިވަނީ ޑްރާމާ ކުރިއަށްދާ ސެޓުގެ ވެނިޓީ ވޭނެއްގެ ފާހަނާ ތެރޭގައިއެވެ. އެނާ ފެނުމާއިއެކުގައި ހޮސްޕިޓަލަށް ވަނީ ގެންގޮސްފައިއެވެ. ނަމަވެސް ގެންދިއަ އިރުވެސް އޭނާ ވަނި މުރެވފައި ކަމަށް ހޮސްޕިޓަލް އިން ބުނެއެވެ.

 

View this post on Instagram

 

A post shared by Tunisha Sharma (@_tunisha.sharma_)

މި މައްސަލާއިގައި ތުމުމަތު އެޅިފައިވަނީ ޝީޒަންގެ ބޮލުގައިއެވެ. ނަމަވެސް އޭނާ މި ތުހުމަތު ތަކަށް އިންކާރު ކުރެއެވެ. ތުނީޝާގެ އާއިލާއިން ބުނަނީ ޝީޒަން އޭނާ ގަދަކަމުން އިސްލާމް ދީނަށް ވެއްދުމަށާއި ބުރުގާ އެޅުމަށް މަޖުބޫރު ކުރަމުންދިޔަ ކަމަށެވެ. ނަމަވެސް އެ ޑްރާމާގައި ތުނީޝާ ކުޅެމުން އައީ މަރިޔަމް ކިޔާ މުސްލިމް އަންހެން ކުއްޖެއްގެ ރޯލުކަމަށް ޝާޒަންގެ ފަރާތުން ވަނި ކޯޓޫގައި ބުނެފައިއެވެ. އަދި ޑްރާމާ އަށް ތައްޔާރުވުމަށް އޭނާ ވަނީ ބުރުގާ އަޅައިގެން ފޮޓޯތަކެއް ނަގައިފައިއެވެ. ނަމަވެސް އާއިލާ އިން މި ފޮޓޯތަކުގެ ބޭނުން ކުރަމުން އަންނަނީ ޝީޒަންއާއި ދެކޮޅަށެވެ.

 

View this post on Instagram

 

A post shared by Abhishek Nigam (@theabhisheknigam)

އަދި ހަމަ އެހެންމެ "އަލީ ބާބާ"ގެ ޕްރޮޑިއުސަރުން ވެސް ރުޅިގަނޑު ބާލާލީ ޝީޒަން އަށެވެ. އޭނާގެ ކުށެއް އޮތްކަން ސާބިތު ނުވަނީސް އެމީހުން ވަނީ އޭނާ ޝޯއިން ވަކިކޮށް އަބީޝެކް ނިގަމް އަށް އެ ޝޯގެ ލީޑް ރޯލު ދީފަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.