ކުރީގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އަތިޔާ ޝެޓީ އާއި ކްރިކެޓް ކުޅުންތެރިއާ ކޭއެލް ރާހުލް ގެ ކަިއވެނި މިމަހުގެ 23 ގައި ބާއްވާނެ ކަމަށް ހަބަރުތަށް ބުނަން ފަށައިފަިއެވެ.
މި ކަވެނިކުރާނެ ކަމުގެ އަޑުތަށް މިދިއަ އަހަރުން ފެށިގެން އަންނަނީ ގަދަވަމުންނެވެ. އަދި ހަމަ އެހެންމެ އެމީހުން ކަިއވެނި ކުރާނެ ކަމަށް ބުނެ މީޑިއާއިން ތަފާތު ތާރީހްތަށްވެސް ދިއައީ ދެމުންނެވެ. ނަމަވެސް ކައިވެނީގެ ހުރިހާކަމެއް މިހާރު ނިމި އެންމެ ފަހުގެ ތައްޔާރީތަށް ވާން ފަށައިފި ކަމަށް ވެއެވެ.
މި ހަބަރާއި ގުޅިގެން އަދި އެއްވެސް ރަސްމީ ބަހެއް ނުލިބެއެވެ. ނަމަވެސް އެދެމީހުން ރައްޓެހިވެގެން އުޅޭތާ މިހާރު ދުވަސްގަނޑެއް ވެއްޖެއެވެ. އަދި އެގުޅުން މިހާރު ވަނީ ކައިވެންޏަކާއި ހަމައަށް ގޮސްފައިކަށް ވެއެވެ. އެގޮތުން ޗުއްޓީގައި އެކި ގައުމުތަކަށް ދިއުމާއި އާއަހަރު އެކުގައި ފާހަގަކުރުން ފަދަ ކަންކަން އެމީހުން އަންނަނީ ކުރަމުންނެވެ.
އަތިޔާ އާއި ކުރިކެޓް ކުޅުން ތެރިއެއް ކަމުގައިވާ ކޭއެލް ރާހޫލް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ތިންއަހަރެއްހައި ދުވަސް ވެއްޖެ ކަމަށް ހަބަރުތަށް ބުނެއެވެ. އަދި ހަމަ އެހެންމެ އެމީހުން ތިބި ކައިވެންޏަށް ކެތްމަދުވެފައި ކަމަށާއި، ބޭނުން ވަނީ ވީހާވެސް އަވަހަށް ކައިވެނި ކުރަން ކަމަށް ވެއެވެ.
ހަބަރުތަސް ބުނާ ގޮތުގައި އެކައިވެންޏަށް ދެފަރާތުގެ އާއިލާ އާއި ގާތް ރަހުމަތްތެރިން މިހާރުން ސުރެ އަންނަނީ ތައްޔާރު ވަމުންނެވެ. އަދި ކައިވެނި ކުރާނެ ތަނެއް ވެސް މިހާރު ހަަމަޖައްސައިފައި ވާކަަމަށް ވެއެވެ. އެގޮތުން އަތިޔާގެ ކައިވެނި އޮންނާނީ ކަންޑާލާ ގައި ހުންނާ ސުނިލް ގެ ބަނގަލޯގައި ކަމަށް މީޑިއާ ތަކުން އަންނަނީ ބުނަމުންނެވެ.
ކައިވެނީގެ ރަސްމިއްޔާތު ތިން ދުވަހަށް ދެމިގެންދާނެ އެވެ. ކައިވެނީގެ ރަސްމިއްޔާތުތައް ފަށަން ހަމަޖެހިފައިވަނީ މިމަހުގެ 21ވަނަ ދުވަހު އެވެ. ކައިވެންޏަށް އަންނަ މެހެމާނުން ތިބުމަށް ފާމްހައުސް އާ ކައިރީގައި ހުރި ފައިވް ސްޓާ ހޮޓާތައް ވެސް މިހާރު ވަނީ ބުކް ކޮށްފައިއެވެ.
އުމުރުން 30 އަހަރުގެ އަތިޔާ ބޮލީވުޑަށް ތައާރަފްވީ 2015ގައި ސަލްމާން ޚާން ޕްރޮޑިއުސްކުރި "ހީރޯ" އިންނެވެ. އޭނާ އަށް ބޮލީވުޑް އިން މާބޮޑު ކާމިޔާބެއް ހޯދިފައިއެއް ނނުވެއެވެ. އަދި ހަމަ އެހެންމެ ކުޅޭނެ ފިލްމްއެއްވެސް ފަހުން ލިބިފައިއެއްނުވެއެވެ. އަތިޔާ އަކީ ސުނިލްގެ ދެކުދިންގެ ތެރެއިން އަންހެން ކުއްޖާއެވެ. ދެން ހުންނަނީ އަހާން ކިޔާ ފިރިހެން ކުއްޖެކެވެ. އަހާންވެސް ވަނި ބޮލީވުޑް އަށް ތައާރަފް ވެފައިއެވެ.
ކޮމެންޓު ފޮނުވާ