ނޫމަރާ، ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ނިމިއްޖެ

ނޫމަރާ، ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
15 ޖެނުއަރީ 2023 04:48
0

ށ. ނޫމަރާ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

އާބާދީގައި 518 މީހުން ދިރިއުޅޭ ށ.ނޫމަރާއަކީ ބިމުގެ ޖާގައިގެ ގޮތުން 41 ހެކްޓަރުގެ ބޮޑުމިން ހުރި ރަށެއްކަމުގައި ވީނަމަވެސް، މި ރަށަކީ ގުދުރަތީ ފަޅު ކުޑަ ގާމަތީ ރަށެކެވެ. ރަށުގައި ޢާންމު ގޮތެއްގައި ދިރިއުޅުމަށް ކުރާ މަސައްކަތަކީ މޫސުމީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. އެގޮތުން ކަނޑު މަހަށްދާ 8 ދޯނިފަހަރު މިރަށުގައި މިހާރުވެސް އޮވެއެވެ.

ޒަމާނުއްސުރެވެސް ށ. ނޫމަރާ ބަނދަރަކީ ކަނޑު ގަދަވާއިރު ބޭނުންކުރުމަށް ދަތި ބަނދަރެކެވެ. ހުޅަނގުގައި ހަޅަޖަހާ ރާޅުބިންދާއިރު ނެރު ބޭނުންނުކުރުމަކީ އަދި ވަކިން އުނދަގޫ ދަތިކަމެކެވެ. އެގޮތުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ބަނދަރަށް ވެލިއަރާ ތިލަވުމުގެ ސަބަބުން ނެ ރުގެ ބޭނުން ވަނީ އެއްގޮތަކަށްވެސް ރަނގަޅަށް ނުކުރެވިފައެވެ.

އެހެންކަމުން ނިމިގެން މިދިޔަ ބަނދަރާއި ނެރު ފުންކުރުމުގެ މަޝްރޫޢުގެ ސަބަބުން ށ. ނޫމަރާގެ ރައްޔިތުންނަށް ނެރާއި ބަނދަރު ބޭނުންކުރުމުގައި ދިމާވަމުންދިޔަ ދަތިތަކަށް ހައްލު ލިބި އޮޑިދޯނިފަހަރު ނެރުން ވަދެ ނިކުތުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ޤަބޫލުކުރެއެވެ. މި މަޝްރޫޢުގެ ދަށުން، 347,6 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.