އަދިތިޔާ ސީލް ބައްޕައަކަށް ވަނީ

އަދިތިޔާ ސީލް ބައްޕައަކަށް ވަނީ

Author
ފާތިމަތު ނާވީ
15 ޖެނުއަރީ 2023 07:11
0

2002 ވަނަ އަަހަރު "އޭކް ޗޯޓީސީ ލަވް ސްޓޯރީ" އިން ބޮލީވުޑްއަށް ތައާރަފްވި އެކްޓަރު އަދިއްތިޔާ ސީލް ބައްޕައަކަށް ވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަދިއްތިޔާ އާއި ބަތަލާ އަނުޝްކާ ރަންޖަން ކައިވެނި ކުރީ 2021 ވަނަ އަހަރުގައިއެވެ. އަނުޝްކާ އަކީ މާ މަޝްހޫރު ނޫން ބަތަލާއެކެވެ. މީޑިއާތަކުން ބުނި ގޮތުގައި އަދިތިޔާ އާއި އަނުޝްކާ މި ވަގުތު ތިބީ އާ އަހަރުގެ ޗުއްޓީ އަށް ދިޔަ ގޮތަށް ދުބާއީގަ އެވެ.

އަދިއްތިޔާ އާއި އަނުޝްކާ ރޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްގަނޑެއް ވެއްޖެއެވެ. އެމީހުން ބައްދަލުވީ އާއިލީ މީހެއްގެ ގެއިން ކަމަށްވެއެވެ. މި ބައްދަލަު ވުމަށްފަހު ދެމީހުންވެސް އެކަކު އަނެއްކަކަކާއި ގުޅުން ބަދަހި ކުރިއެވެ.

 

View this post on Instagram

 

A post shared by Aditya Seal (@adityaseal)

34 އަހަރު ގެ އެކްޓަރު އާންމުންގެ މެދުގައި ބޮޑަށް މަގުބޫލުވެގެން ދިއައީ ތުމްބިން 2″ އިންނެވެ. އެފަހުން އޭނާ ވަނީ "ސްޓޫޑެންޓް އޮފް ދި އިޔާ 2″ އާއި "އިންދޫ ކީ ޖަވާނީ" ފަދަ ފިލްމް ތަކުން ފެނިގެން ގޮސްފައިއެވެ.

އަދިއްތިޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިއަ އަހަރު ޒީ5 އިން ޕްރީމިއާކުރި މިއުޒިކަލް ސުޕަނެޗްރަލް ކޮމެޑީ ފިލްމު "ރޮކެޓް ގޭންގް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.