"އިންޑިއަން ޕޮލިސް ފޯސް" ގެ ޝޫޓީންގް ގެ ބޮޑުބައި ނިމިއްޖެ

"އިންޑިއަން ޕޮލިސް ފޯސް" ގެ ޝޫޓީންގް ގެ ބޮޑުބައި ނިމިއްޖެ

Author
ފާތިމަތު ނާވީ
15 ޖެނުއަރީ 2023 06:29
0

ރޯހިތު ޝެއްޓީގެ "ކޮޕް ޔުނިވާސް"ގެ ފުރަތަމ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގެ ޝޫޓިން މިހާރު އޮތީ ނިމުމަކާ ގާތުގައި ކަމަށް މީޑީއާއިން ބުނެފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ފެށި މި ސީރީޒްގެ ފަހު ޝެޑިއުލް މި ވަގުތު ކުރިއަށް ދަނީ ހައިދަރުއާބާދުގަ އެވެ. މީ ގިނަ އަދަދެއްގެ ތަރިންނާއި އެކުގައި ރޯހިތު ގެނެސް ދޭ އެއްޗެކެވެ.

މި ބެސް ސީރީޒް އަކީ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ އާއި ޒުވާން އެކްޓަރު ސިދާތް މަލޯތްރާ އޯޓީޓީ ޕްލެޓްފޯމް އަށް ތައާރަފްވާ އަދި އެދެމީހުންގެ ވެސް އަލަތު ވެބް ސީރީޒްއެވެ.

 

View this post on Instagram

 

A post shared by Rohit Shetty (@itsrohitshetty)

އެންމެ ފަހުން ރޯހިތު ގެނެސްދިން ފިލްމް އަކީ "ސާކަސް"އެވެ. ނަމަވެސް އެ ފިލްމް ވެގެން ގޮސްފައިވަނި ބޮޑޫ ފްލޮޕްއަކަށެވެ. ފިލްމްގެ މައިގަޑު ކާސްޓަކީ ރަންވީރު ސިންގް އާއި ޖެކުއަލިން ފެނާންޑޭޒް އަދި ޕޫޖާ ހޭގްޅޭއެވެ. ފިލްމް އަކީ ރަންވީރު ޑަބަލް ރޯލުން ފުރަތަމަ ފަހަރަށް ފެނިގެން ދިއަ ފިލްމްވެސް މެއެވެ.

ރޯހިތު ދެން އެމްނެ އަވަހަށް ޝޫޓިންގ ފަށާނެ ފިލްމް އަކީ "ސިންގަމް އަގައިން" އެވެ. މީ ސީރީޒްގެ ތިން ވަނަ ފިލްމްއެވެ. ފިލްމްގެ ލީޑުން ފެނިގެންދާނީ އަޖޭ ދޭވްގަންއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.