ފަޅު ބޭނުން ނުކުރެވޭ ވަރަށް ތިލަވާ ނެއްލައިދޫގެ ބަދަރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ފަޅު ބޭނުން ނުކުރެވޭ ވަރަށް ތިލަވާ ނެއްލައިދޫގެ ބަދަރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

Author
ޢަލީ އާދަމް
24 ނޮވެމްބަރ 2020 04:28
0

ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 42 އިންސައްތަ ނިމިފައި ވާކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތުގެ 53 އިންސައްތަ މިހާރު ނިމިފައި ވާކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން 62،863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި،  2،102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 47.62 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

ނެއްލައިދޫގެ ކުރީގެ ބަނދަރަކީ ދޭތެރެ ދޭތެރެއިން ވެލި އަރައި ތިލަވެ ފަޅު ގެ ވަކި ހިސާބެއް ބޭނުން ނުކުރެވޭ ވަރު ވާ ބަނދަރެކެވެ. 2011 ވަނަ އަހަރު ހެވީ ފޯސްއާ ހަވާލުކޮށްގެން ހެދި އެ ބަނދަރަކީ 400 ފޫޓު ދިގު 200 ފޫޓް ފުޅާ ބަނދަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.