ދަރުމެންދުރާ، ކަރަން އަށް ތައުރީފްގެ ބަސްތަކެއް އޮއްސާލައިފި

ދަރުމެންދުރާ، ކަރަން އަށް ތައުރީފްގެ ބަސްތަކެއް އޮއްސާލައިފި

Author
ފާތިމަތު ނާވީ
12 ޖެނުއަރީ 2023 06:57
0

ކުރީގެ މަޝްހޫރު އެކްޓަރު ދަރްމެންދުރާގެ ވަރަށް ބޮޑަށް ކަރަން ޖޯހަރްއަށް ތައުރީފްކޮށްފިއެވެ.

ކަރަން ޖޯހަރަކީ ވަރަށް މޮޅު ޑައިރެކްޓަރެއް ކަމަށާއި އޭނައާ އެކީ މަސައްކަތް ކުރަން ވެސް ވަރަށް ފަސޭހަ ކަމަށް ބުނެ ދަރްމެންދުރާ ވަނީ ކަރަން އަށް ތައުރީފްގެ ބަސްތަށް އޮއްސައި ލައިފައިއެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

ދަރޭ އަންނަނީ ކަރަންގެ ކުރިއަށް އޮތް ފިލްމް  'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' ގައި މަސައްކަތް ކުރަމުންނެވެ. ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ކަރަން އަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުން ދަރޭ ބުނެފައިވަނީ ކަރަން އަކީ ނަމޫނާއެއް ކަމަށާއި ހުރިހާ ޑައިރެކްޓަރުންވެސް ކަރަން ނަމޫނާ އަކަށް ބަލަން ޖެހޭ ކަމަށެވެ.

އަދި ކަރަން އަކީ ވަރަށް ޕްރޮފެޝަނަލް މީހެއް ކަމަށާއި ހުރިހާ ޑިޕާޓްމެންޓެއްގެ މަސައްކަތްތަށްވެސް ވަރަށް ފަރިތަކަމާއި އެކުގައި އޭނާ އަށް އިނގެ ކަމަށާއި މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށް ބުނެފައި ވެއެވެ. އަދި ކަރަން އައި އެކުގައި މަސައްކަތް ކުރަނ ްފުރުސަތު ލިބުމުން ހުރީ ވަރަށް އުފަލުން ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Dharmendra Deol (@aapkadharam)

ދަރޭ އަކީ ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް އަދި އީޝާ ޑީއޯލްގެ ބައްޕައެވެ. މިހަރު މަދު މަދުން ފިލްމް ތަކުން ފެންނަ ދަރޭ އަކީ ކުރީގެ ވަރަށް މަގުބޫލު އެކްތަރކެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި އަމީތާބް ބައްޗަންގެ އަންހެނުން ޖަޔާ ބައްޗަނާއި ޝަބާނާ އާޒްމީގެ އިތުރުން ޒުވާން ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި އާލިއާ ބަޓް ހިމެނެ އެވެ. މި ފިލްމް ސިނަމާތަކށް ގެންނަން ހަމަޖެހިފައި ވަނީ އެޕްރީލް 28 ގަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.