ރާއްޖޭގެ އެކި ހިސާބުތަކުގައި އެއަރޕޯޓުތައް ހުޅުވިނަމަވެސް ޤައުމީ އެއަރލައިން މޯލްވިއަން އެވަރަކަށް ތައްޔާރުނޫންކަމަށް ބުނެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޢިޔާޒް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވީޓެއްގައި ޑރ.އިޔާޒް ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓުން މާލެއަށް ދަތުރުކުރުމަށް ވަރަށްބޮޑު ޑިމާންޑެއް އޮންނަކަމަށެވެ. އެހެންނަމަވެސް އެ އެއަރޕޯޓަށް އޮންނަނީ ހަފްތާއަކު އެންމެ 5 ފްލައިޓުކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި އެއަރޕޯޓުތައް ހުޅުވިނަމަވެސް @MaldivianAero އެވަރަށް ތައްޔާރެއް ނޫން. ކުޅުދުއްފުށި-މާލެ އަށް ހެސްކިޔާފައި ޑިމާންޑު އޮންނައިރުވެސް އޮންނަނީ ހަފްތާއަކު 5 ފުލައިޓް. އެކަމު @MantaAir ޖައްސާ ދުވަހެއްނަމަ ދެވަނަ ފުލައިޓެއް ބާއްވާ. https://t.co/8HHDxfhYdV
— Dr.Mohamed Iyaz (@dr_iyaz) January 7, 2023
ޑރ.އިޔާޒް މިހެން ވިދާޅޔުވީ ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިހާރު ގެންގުޅޭ ބާވެފައިވާ ޑޭޝް މަރުކާގެ ހުރިހާ ފްލައިޓެއް އެއްކޮށް ބަދަލުކުރަން ނިންމައި، އޭޓީއާރް 600-72 ގެ ދެ ބޯޓާއި 600-42 ގެ އެއް ބޯޓު ގަތުމާ ގުޅޭގޮތުން އޮންލައިން ނޫހެއްގައި ލިޔެފައިވާ ރިޕޯޓެއް ތެގްކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
މޯލްޑިވިއަންއިން ވަނީ އޭޓީއާރް 600-72 ގެ ދެ ބޯޓު ރާއްޖެ ގެނެސްފައެވެ. ތިންވަނަ ބޯޓުވެސް މިމަހު ރާއްޖެ އަންނާނެއެވެ. މިއީ މޯލްޑިވިއަންއިން މުޅިން އާ ބޯޓުތަކެއް ގަތް ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ