ނީލަން ފިހާރަ، އަލިފާނުގެ ޙާދިސާއާ ގުޅިގެން ޢާންމުން ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސެއް!

ނީލަން ފިހާރަ، އަލިފާނުގެ ޙާދިސާއާ ގުޅިގެން ޢާންމުން ސަމާލުވުމަށް އެޗްޕީއޭގެ އިލްތިމާސެއް!

ގުޅުންހުރި

ރޭގެ ވަގުތެއްގައި ރޯވެ އަނދަމުންދާ ނީލަން ފިހާރަ، އަލިފާނުގެ ޙާދިސާއާ ގުޅިގެން ބޮޑު ސަރަޙައްދަކަށް ދުމާއިު ވަސް ފެތުރިފައިވާތީ ޢާންމުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާ ކަންކަމުގެ ތެރޭގައި، ދުމުގެ އަސަރުކޮށްފައިވާ ސަރަޙައްދަށް ނުކުންނައިރު، އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށާއި، އެސަރަޙައްދުގައި ހުރި ގޭގޭގެ ދޮރުތައް ދުން ނުވަންނާނެހެން ބަންދުކުރުން ހިމެނެއެވެ. މީގެ އިތުތުރުން ނޭވާލާ  ނިޒާމު އަދި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ދުމުގެ ސަބަބުންކުރާ ނޭދެވޭ އަސަރުތައް ކުރުން ބޮޑުވާނެކަމަށާ، އެހެންކަމުން އެފަދަ މީހުން ޚާއްސަ ސަމާލުކަމެއް ދީގެން ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

އަދި ނޭވާކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން ނުވަތަ ގަދަޔަށް ބޯއެނބުރުންފަދަ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

މާލޭގެ ނީލަން ފިހާރައިގައި ރޯވި ބޮޑު އަލިފާންގަނޑުގެ %70 މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން މީގެ އިރިކޮޅެއް ކުރިން ބުނީ ނީލަން ފިހާރައިގެ އުތުރުފަޅިން (ޢިމާދުއްދީން ސްކޫލްއާއި ދިމާ) ފެތުރެމުންދިޔަ އަލިފާންގަނޑު ކޮންޓްރޯ ކުރެވިފައިވާކަމަށެވެ. އަދި މިހާރު މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ އަލިފާން ނިއްވާ ލޮރީވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށެވެ.

ފުލުހުންނަށް އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 5:49 ހާއިރެވެ. މާމާލޭގެ ދެކުނު ފަރާތު، ކުރީގެ އެއް ނަމްބަރު ކުނިކޮށި ހިމެނޭ "ނީލަން ފިހާރަ"ގައި ލަކުޑި އާއި ދަގަނޑާއި ޕްލާސްޓިކްގެ ގިނަ ބާވަތްތައް ގިނަ އަދަދަކަށް ވިއްކައެވެ. އެ ތަކެތީގައި ހުޅު ހިފައި މުޅި ސަރަހައްދުގައި ވަނީ ދުންބޯވެފައެވެ.

މިހާދިސާގައި ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. ގާތްގަނޑަކަށް 180 މީހުން ދިރިއުޅޭ އެތަނުގައި ރޯވި އިރު ބައެއް މީހުން ނިދާފައި ތިބި ކަމަށް ވެއެވެ. އަނެއް ބަޔަކު ތިބީ ޑިއުޓީގައެވެ. ނީލަން ފިހާރައިގައި ރޯވިކަން އެނގުމާ އެކު އެ އެންމެން ވަނީ އެ ތަނުން ނެރެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ