މަރުގެ ތަހުގީގަށް ނިޒާމު 2 މަހަށް ބަންދުކޮށްފި

މަރުގެ ތަހުގީގަށް ނިޒާމު 2 މަހަށް ބަންދުކޮށްފި

ގުޅުންހުރި

ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމް، 45، ގެ މައްޗަށް ތުހުމަތުކުރާ މަރުގެ މައްސަލައިގައި 60 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މުޙައްމަދު ނިޡާމްއަކީ ގެއްލިގެން ރިޕޯޓްކޮށްގެން ފުލުހުން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކެވެ. އޭނާ އިއްޔެ ފެނުނީ ގެސްޓް ހައުސްއެއްގައި ހުއްޓައެވެ. އަދި މަރުގެ ތުހުމަތަކަށް ފުލުހުން ވަނީ އިއްޔެ އޭނާ ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވީ ނިޒާމްގެ ބަންދަށް ކޯޓުން 60 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ނިޒާމުގެ މައްޗަށް ތުހުމަތު ކުރަނީ ކޮން މަރަކާ ގުޅިގެން ކަމެއް ފުލުހުން ހާމަ ނުކުރި ނަމަވެސް އޭނާއާއެކު ތެޔޮ ބޯޓުގައި ދަތުރުކުރި ބަންގްލަދޭޝްގެ މޮހަންމަދު ލިޓޮން އަދިވެސް ނުފެނެއެވެ. އެ ދެ މީހުން ހޯދަން ފުލުހުން އިއުލާނުކުރީ ނިމިގެން ދިޔަ ޑިސެމްބަރު މަހުގެ 31 ގައެވެ.

ނިޒާމު އާއި ލިޓޮން ދަތުރުކުރި ފިއުލް ޕަވަ ކުންފުނީގެ "އަރާކުރި" ތެޔޮބޯޓު އޮޔާ ދަނިކޮށް ހުޅުމާލޭ ކައިރިން ޑިސެމްބަރު 29 ވަނަ ދުވަހު ފެނުނުއިރު ބޯޓުގައި އެއްވެސް މީހަކު ނެތެވެ. އެއަށް ފަހު ނިޒާމު ހައްޔަރު ކުރީ އޭނާ ހޯދަމުން ދަނިކޮށް މާލޭން ފެނިގެން، އޭނާ ދިރިއުޅެމުން ދިޔަ ގެސްޓްހައުސްއިން އިއްޔެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ