ރާއްޖެއާއި އިންޑިއާ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ކުރަންޖެހޭ ސާރވޭގެ މަސައްކަތްކޮށްފިއެވެ.
އިޔާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢު މަޝްވަރާތައް ފަށާފައިވަނީ އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ މިދިޔަ އަހަރުގެ އޭޕްރީލް މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގެ ހަކަތައާއި ބެހޭ މިނިސްތަރާއި ބައްދަލުކުރައްވައެވެ.
"ވަން ވޯލްޑް، ވަން ސަން، ވަން ގްރިޑް"ގެ މި މަޝްރޫޢުއަކީ އިންޑިއާގެ ޕަވާ ގްރިޑާއި އެހެން ގައުމުތަކުގެ ޕަވާ ގްރިޑް ގުޅާލައި، އެ ސަރަހައްދުތަކުގެ ހަކަތަ އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢުއެކެވެ.
▪️This has resulted in estimated energy savings of 48.39 billion kWh per year with avoided peak demand of 9,788 MW, GHG emission reduction of 39.30 million t CO2 per year and estimated annual monetary savings of INR 19,332 crore in consumer electricity bills.@mygovindia
— Ministry of Power (@MinOfPower) December 27, 2022
މި މަޝޤރޫޢުގެ ދަށުން އިންޑިއާގެ ޕަވަރ މިނިސްޓްރީގެ ޓެކްނިކަލް ޓީމެއް ރާއްޖެ އައިސް ސާރވޭކޮށްފައިވެއެވެ. މިގޮތުން ދެ ގައުމުގެ އިދާރާތައް ގުޅިގެން ކަނޑުއަޑީގައި ކޭބަލް އަޅާނެ ގޮތާއި މާލޭގެ ނެޓްވޯކަށް ބަދަލުގެންނާނެ ގޮތާ ބެހޭގޮތުން ތަފްސީލީ ޕްރޮޖެކްޓް ރިޕޯޓެއް އެކުލަވާލާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
"ވަން ވޯލްޑް، ވަން ސަން، ވަން ގްރިޑް"ގެ މަސައްކަތް 2021 ވަނަ އަހަރު ފަށްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވޯލްޑް ލީޑާސް ސަމިޓުގައެވެ.
One Response
ތިއައްވުރެން ޤައުމީ ފެންވަރުގަ ކަނޑުގެ އޮއިވަރުން ހަކަތަ އުފެއްދުން މާ ބުއްދިވެރިވާނެ. އަވިން ވެސް ހަކަތަ ނަގާނީ .