ހަތަރު ވަނައިގައި ޔުނައިޓެޑަށް 5 ޕޮއިންޓުގެ ލީޑެއް

ހަތަރު ވަނައިގައި ޔުނައިޓެޑަށް 5 ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއަރ ލީގު ތާވަލުގެ އެއްވަނާގައި މެންޗެސްޓަރ ޔުނައިޓެޑުން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑުގެ ފަރާތުން ޓީމެއްގެ ގޮތުގައި ކުޅެ މޮޅު ކުޅުމެއް ދެއްކިއިރު ފުރަތަމަ ހާފުގެ ކުރީކޮޅު އެ ޓީމުން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މިހާފުގެ 23 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނިމިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި އެ ޓީމާ ގުޅުނު ކަސެމީރޯއެވެ. މިއީ އެ ޓީމާ ގުޅުނުފަހުން ކަސެމީރޯ ޖެހި ދެވަނަ ލަނޑެވެ.

ދެވަނަ ހާފު ފަށައިގެން ހަތަރު މިނެޓުގެ ތެރޭގައި އެޓީމުން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލޫކް ޝޯއެވެ. ޔުނައިޓެޑުގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ މާކަސް ރަޝްފޯޑެވެ. މިއީ ބްރޫނޯ ފަނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށެވެ.

ޔުނައިޓެޑަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމު އޮތީ ޖުމުލަ 35 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ. ތިން ވަނައިގައި ނިއުކާސަލް އޮތީ ރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޔުނައިޓެޑާއި ގޯލުގެ ތަފާތުންނެވެ. އެއް ވަނައިގައި އާސެނަލް ޖުމުލަ 44 ޕޮއިންޓާއެކު އޮތްއިރު، ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 36 ޕޮއިންޓާއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *