ސަނާ އެންގޭޖްވެއްޖެ

ސަނާ އެންގޭޖްވެއްޖެ

Author
ފާތިމަތު ނާވީ
04 ޖެނުއަރީ 2023 12:27
0

ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ގައި ޝާހްރުކް ޚާންގެ ދަރިފުޅުގެ ރޯލު ކުޅުނު ސަނާ ސައީދު އެންގޭޖްވެއްޖެ އެވެ.

އެ ފިލްމް އަކީ 1998 ވަނަ އަހަރު ރިލީޒްކުރި ވަރަށް ކާމިޔާބު ފިލްމް އެކެވެ. ލީޑުން ޝާހުރުކް ހާން އާއި ކާޖޮލް އަދި ރާނީ މުކަރުޖީ ފެނިގެންދިއަ މި ފިލްމްގެ ޗައިލް އާޓިސްޓެގެ ގޮތުން ސަނާ މައަސްކަތް ކުރި އިރުގައި އޭނާގެ އުމުރުން އެންމެ 10 އަހަރެވެ.

އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ކަރަން ޖޯހަރު ޑައިރެކްޓް ކުރި އެ ފިލްްމްގައި ސަނާ އަކީ ފިލްމްގެ ލީޑުން ފެނިގެންދިއަ ޝާހުރުކް ހާން އަދި ރާނީ މުކަރޖީގެ ދަރިފުޅެވެ.

ކޮންމެ އަކަށް ފިލްްމްގައި ކުޑަކުއްޖެއްގެ ލޯރު ކުޅުން ސަނާ އަކީ މިއަދު ފުރާ ފުރިހަމަ ވެފައިވާ ޒުވާނެކެވެ. ސަނާ، 34، އެންގޭޖްވީ އެމެރިކާގެ މީހަކާ އެވެ. އެއީ އޭނަ ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއްވެފައިވާ ސާބާ ވެގްނާއާ އެވެ. އޭނަގެ އިންސްޓަގްރާމްގައި ބުނެފައިވާ ގޮތުގައި ސާބާ އަކީ އެމެރިކާގެ ލޮސް އެންޖެލިސްގެ ސްވީޓް ޖަސްޓިސް ސައުންޑް އިންކްގެ ޑިރެކްޓަރެއްގެ އިތުރުން އެތަނުގެ ސުޕަވައިޒިން ސައުންޑް އިންޖިނިއަރެކެވެ.

 

View this post on Instagram

 

A post shared by Sana Saeed (@sanaofficial)

"ކުޗް ކުޗް ހޯތާ ހޭ" ގެ އިތުރުން "ބާދަލް" އާއި "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ" ގައި ވެސް ސަނާ ކުޑަކުއްޖެއްގެ ގޮތުގައި ފެނިފައިވެ އެވެ. އެންމެ ފަހުން އޭނާ ފެނިގެްނ ގޮސްފައިވަނީ 2012 ވަނަ އަހަރުގައި "ސްޓޫޑެންޓް އޮފްދަ އިޔާ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.