މުޅިން ތަފާތު ގޮތަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ފެނިގެންދާނެ ކަމަށް ބުނާ ފިލްމް "އެނިލަމް" ގެ ފަސްޓް ކުލް ޕޯސްޓަރު އައު އަހަރާ ދިމާކޮށް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
ބަތަލާ އާލިއާ ބަޓްއާއި 2022 ވަނަ އަހަރުގެ އެޕްރިލް 14 ވުނަދުވަހުގައި ކަިއވެނި ކުރި ފަހުން ރަންބީރު ކުޅުނު ފުރަތަމަ ފިލްމް އެނިލަމް އަކީ ތަފާޓު ފިލްމް އަކަށް ވާނެ ކަމަށް އަންނަނީ ބުނަމުނެނވެ. އަދި މި ފިލްމްގައި ރަންބީރު ފެނިގެންދާނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ރޯލަކުން ކަމަށްވެއެވެ.
#RanbirKapoor releasing the #Animal within, soon! This is such a killer poster love it! pic.twitter.com/8BiMrHAfiO
— Anil Kapoor (@AnilKapoor) December 31, 2022
"އެނިމަލް" އަކީ 2019 ވަނަ އަހަރު ދެއްކި އެންމެ ކާމިޔާބު ފިލްމު ކަމަށްވާ ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީގެ "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ތުރިލާއެކެވެ.
ލީޑުން ރަންބީރު އާއި އެކައި ފެނިގެންދާނީ ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާއެވެ. މީ ދެތަރިން އެކުގަިއ ފެނިގެންދާނެ ފުރަތަމަ ފިލްމްއެވެ. ފިލްމްގެ ކާސްޓުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ޓްރިޕްތީ ދިމްރީ ވެސް ހިމެނެ އެވެ.
މި ފިލްމް ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޯގަސްޓް މަހު 11 ގައެވެ.