ވިވެކް ގެ "ދަ ވެކްސިން ވޯ" ގެ ލީޑް ރޯލަށް ނާނާ ޕަޓޭކަރު

ވިވެކް ގެ "ދަ ވެކްސިން ވޯ" ގެ ލީޑް ރޯލަށް ނާނާ ޕަޓޭކަރު

Author
ފާތިމަތު ނާވީ
03 ޖެނުއަރީ 2023 05:12
0

މިދިޔަ އަހަރު އެންމެ ހިނގި އެއް ފިލްމު ކަމަށްވާ "ދަ ކަޝްމީރު ފައިލްސް" ގެ ޑައިރެކްޓަރު ވިވެކް އަގްނިއޯތުރީ ގެ ކުރިއަށް އޮތް ފިލްމު "ދަ ވެކްސިން ވޯ" ގެ ލީޑް ރޯލަށް ކުރީގެ އެކްޓަރު ނާނާ ޕަޓޭކަރު ހަމަޖައްސައިފިއެވެ.

"ދަ ވެކްސިން ވޯ" ގެ ނަމުގައި ފިލްމެއް ހަދަން އިއުލާން ކޮށް އޭނާގެ އިންސްތަގްރާމްގައި އޭގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކައިލައިފައިއެވެ. ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮގަސްޓް 15 އާ ދިމާކޮށް އަންނަ އަހަރުގައިއެވެ.

އިންޑިއާގެ ލަކަނޯގައި މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމުގައި ނާނާގެ އިތުރުން ވިވެކްގެ އަންހެނުން ޕައްލަވީ ޖޯޝީ ވެސް ފެނިގެންދާނެ ކަމަށާއި، އޭނާ އަނބުރާ ބޮޑު ސްކްރީނަށް އަންނަނީ "ދަ ކަޝްމީރު ފައިލްސް" ގައި ދެއްކި މޮޅު އެކްޓިންއަށް ފަހުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އިންޑިއާ ލޮކްޑައުން ގައި މުހިންމު ރޯލެއް އަދާކުރި ގޯޕާލް ސިންގް އާއި ކުރީގެ ބަތަލާ ދިވްޔާ ސެތު ވެސް ފިލްމުގެ ކާސްޓުގައި ހިމެނެއެވެ.

"ދަ ވެކްސިން ވޯ" 11 ބަހަކުން ސިނަމާތަކަށް ގެންނާނެއެވެ. ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ "ދަ ވެކްސިން ވޯ" ގެ ޓެގް ލައިނަކީ "އަ ވޯ ޔޫ ޑިޑިންޓް ނޯ ޔޫ ފޯޓް. އެންޑް ވޮން" އެވެ.

"ދަ ކަޝްމީރް ފައިލްސް" ގެ ކާމިޔާބީއާއި އެކުގައި އޭނާގެ ފިލްމް އަށް ބެލުންތެރިން ކުރާ އުންމީދުތަށް މިހާރު ބޮޑެވެ. މި ފިލްމާއެކު ވިވެކް ވަނީ އިންޑިއާގެ އެންމެ ނަން މަޝްހުރު ޑައިރެޓަރުންގެ ލިސްޓުން ގާޖަ ހޯދާފައެވެ. "ދަ ކަޝްމީރް ފައިލްސް"  އަކީ ކުޑަ ބަޖެތަކުން ހެދި ވަރަށް ކާމިޔާބު ފިލްމްއެކެވެ. އަނެއް ކޮޅުން ފިލްމް އިން ބޮލީވުޑްގެ އޭ ލިސްޓްގެ ތަރިއެއް ފެނިގެންނުދެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.