ވ.އަތޮޅު ވެމްޕަރު ހުޅަނގު އުތުރު ކަނޑުން މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ހަށިގަނޑު ފެނިގެން އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 9:03 އެހައިކަންހާއިރުކަމަށެވެ. އެ ހަށިގަނޑު މިހާރުވަނީ ފުލުހުންގެ ލޯންޗަކަށް ނަގާފައި ކަމަށާ، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންއަންނަކަމަށް ވެސް އެފަރާތުން ބުންޏެވެ.
ވ.ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް ފެނިފައިވާއިރު އެންމެފަހުން ރާއްޖެއިން ކަނޑުމައްޗަށް ގެއްލިގެން ހޯދަމުންދަނީ ވިލިމާލެއިން ފުރައިގެން ތެޔޮ ބޯޓެއްގައި ދިޔަ ދެމީހުންނެވެ. އެދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ފުލުހުން އެންމެ ފަހުން ބުނީ މިބޯޓު އެއަރޕޯޓުގެ ނެރު ކައިރިން އޮޔާ ދަނިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފެނިފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. އެހެންނަމަވެސް މިބޯޓުން ދަތުރުކުރި ގދ. ތިނަދޫ / މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމްއާއި ބަންގްލަދޭޝްގެ އުމުރުން 35 އަހަރުގެ މޮހައްމަދު ލިޓަން ފެނިފައި ނުވާކަމަށެވެ.
ކޮމެންޓު ފޮނުވާ