ތެޔޮ ބޯޓު ފެނިއްޖެ، ގެއްލުނު ދެމީހުން ނުފެނޭ

ތެޔޮ ބޯޓު ފެނިއްޖެ، ގެއްލުނު ދެމީހުން ނުފެނޭ

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2023 02:43
0

ވިލިމާލެއިން ދެ މީހުންނާއެކު ފުރި ފަހުން ގެއްލިގެން ހޯދި ތެޔޮ ބޯޓު ފެނުނު ނަމަވެސް އެއިން ދަތުރުކުރި ދެ މީހުން އަދިވެސް ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޑިސެމްބަރ 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައިފުރި ދެ މީހެއްގެ ޚަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އެކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު، އެއާޕޯޓު ނެރުކައިރިން އޮޔާދަނިކޮށް ޑިސެމްބަރ 29 ވަނަ ދުވަހު ފެނިފައިވާ ކަމަށެވެ.

އެކަމަކު، ބޯޓުން ދަތުރު ކުރި ދެ މީހުން އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ގެއްލިގެން ހޯދަނީ ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމް،45، އާއި ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން،35، އެވެ.

މި ދެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.