މިޔުޒިކާއި، ލަވަ އަޑުއަހަން ބޭނުންވާ އެތައްހާސް ދިވެހިން އެބަތިބި: މަހުލޫފް

މިޔުޒިކާއި، ލަވަ އަޑުއަހަން ބޭނުންވާ އެތައްހާސް ދިވެހިން އެބަތިބި: މަހުލޫފް

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2023 08:07
0

2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހަވާ އެރުވުމުގެ ހަރަކާތްތަކާއެކު "މޯލްޑިވްސް ވާއު ފެސްޓް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޝޯބެލުމަށް 20،000 އާއި ގާތްކުރާ އަދަދަކަށް މީހުން ދިޔަކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިންތިޒާމުކޮށްގެން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި މި ޝޯވ ބަލާލުމަށް އާއްމުންގެ ގިނަ ބަޔަކު ހާޒިރުވިއެވެ. އާއްމުންގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ރާއްޖޭގައި ތިބޭ ބޭރުގެ ބައެއް ސަފީރުންވެސް ވަނީ މި ޝޯވް ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ.

ރޭގެ ޝޯއާއި ގުޅިގެންނާއި، އަދި ލަވަޔާއި މިއުޒިކާއި ގުޅޭގޮތުން ދެކެވޭ އެކި ވާހަތަކާއި ގުޅިގެން މަހުލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދިވެހިންގެ ތެރެއިން އެތައްހާސް ބަޔަކު ލަވަޔާއި މިއުޒިކަށް ޝައުގުވެރިކާން ރޭ ހާމަވެގެން ދިޔަކަމަށެވެ. ރޭގެ ޝޯ ބަލަން އެކަނިވެސް 20،000 އާއި ގާތްކުރާ އަދަދަކަށް މީހުން ދިޔަކަށް މަހުލޫފް ވިދާޅުވިއެވެ.

ރާއްޖޭގައިވެސް މިޔުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުންނެއް އުޅޭކަމީ ހަގީގަތް، އެފުރުސަތު އެރައްޔިތުންނަށްވެސް އޮންނަންވާނެ. ރޭގެ ޝޯވް ބަލާލަން 20،000 އާއި ގާތްކުރާ އަދަދަކަށް ހުޅުމާލެ ޓްރެކް އެއްކޮށް ފުރާލި. އައު އަހަރުގެ ތަހުނިޔާ އަރިސްކުރަން.

– މަހުލޫފް ވިދާޅުވިއެވެ.

އައު އަހަރަށް މަރުހަބާކިޔުމައް ބޭއްވި މި ޝޯގައި ވަނީ ބޮލީވުޑްގައި އަރަމުންއަންނަ ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭގެ ލަވަތަކެއް ހުށައަޅާފައެވެ. މީގެ އިތުރުން ލަވަކިޔުންތެރިޔާ ރާހުލް ބަޓްގެވެސް ހިއްގައިމު ލަވަތަކެއް ވަނީ ހުށަހަޅާފައެވެ.

މިޝޯގައި ރާއްޖޭގެ ފައްނާނުންގެ ހިތްގައިމު ހުށަހެޅުންތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި ހަބޭސް ބޮޑުބެރު ގްރޫޕް، ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެންދިޔައެވެ. އަދި މި ޝޯވް ގެ ތެރެއިން ވަނީ އައު އަހަރުގެ ކައުންޓްޑައުން ފަށާ، ހަވާގެ އެރުވުމާއެކު 2023 ވަނަ އަހަރަށް މަރުޙަބާ ކިޔާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިބުރާހިމްޒާހިރު
މަހުލޫފުތިބޭފުޅާކުޅިވަރާމަޖަލުގަތިއަހަރަކާންތެރިވާއިއުތިބޭފުޅާތިއަހުއްނެވީހަމާގަތޯއެވެމިހެއްމިބުނައްޖެހުނީ)މަހުލޫފުނިކައްވިސްނާފިކުރުކޮއްބަލަތިއަބޭފުޅާގެމައްޗައްއެއްމެއްއާރުސީގެފާސާގެތުހުމަތުކޮއްގެއްކޯޓައްމައްސަމަބަލައްކޯޓައްހާޒިރުވާންއައްގަވާއިރަތްތިއަބޭފުޅާވިދާޅުވަނީއަޅުގަންޑުގެމަޢްމަސަލައެއްބަލާފިނަމަ.މިސަރުކާރުކުޑަކަކޫޖައްސަޢްބުނެސަރުކާރައްބިރުދައްކާގެއްތިއަހުއްނަނެނީއަލިފާންކާގެއް)މަހުލޫފުގެވާހަކައިންދޭހަވާއެއްޗަކީ.އެމްއެމްއާރުސީން.ހުރިހާފާސާއެއްރައިސްސޯލިހުއަށްގެއްގޮސްދިނީމަހުލޫފުކަންތިއޮތީއިގިފަ)މިހާރުއެގިއްޖެހުރިހާލާރިއެޢްވީރައިސްސޯލިހުގެއަތްޕުޅުގަ).ރައިސްނަސީދުއެވިދާޅުވީހަމަރަގަޅައް)އެމްއެމްއާރުސީގެހުރިހާފާސާއެއްރައިސްސޯލިހުރަތްކާކުރީ.ރިޔާސީއިންގިހާބުވަގައްނަގައް
މ މިލޭ
ޔޯގާ ހަދަން ބޭނުންވާއެތައްބައެއްވެސް އެބަތިބިނޫން މަހުލޫފޫ، ފާހި'ޝް ކަމެއް އޮތިއްޔާ މި މައްކާރު ލަދުކުޑަ ހައިވާނީ ސަރުކާރުން ބަލާނެ މިގައުމަށް ވެއްދޭތޯ، ރާބޯހިތްވާމީހުންވެސް އެބަ އުލޭ ރާބޮވޭނެ ގޮތެއްވެސް ހަދައިދޭންވީނޫން، ލަދެއްހަޔާތެއް ބިރެއްފިތެއް ހުރި މީހެއްނޫން މަޚުލޫފަކީ، އަނގަފަތުރަން އެނގުމަކީ އަދި މޮޅުވުމެއްނޫން، މީދެން އަނގަވިހާ އެތައް ދުވަހެއްފަހުނ ހަށިގަނޑު ވިހާފަ ހުރި މީހެއް މަހުލޫފަކީ މީ، މީނަ ވިހޭރޭ ފޫޅާއެކު ލަދުހަޔާތް ވެސް ބުރިކޮށް އެއްލާލާފަ ހުރި މީހެއް އެ އީ.
ޓ ޓެކްސް
ރާބޮއި މަސްތުވާން ބޭނުންވާ ދިވެހިން އުޅެޔޭ ބުނޭ ދެން. ޓެކްސް ކުޑަކުރަން ބޭނުންވާ އެތައް ހާސް ދިވެހިން ނޫޅޭތޯ؟ ރައްޔިތުން އެދޭގޮތަށް ކަންކުރާ ބަޔަކުކަމަށް ހެދެން ނޫޅޭ.
މ މުންޖިޗޭ
މުންކަރާތު މިނިސްޓަރެއް ކޮންމެހެން ދިވެހިރާއްޖެއަށް ބޭނުންތޯ ރައްޔިތުން މިހާރު ސުވާލުކުރޭ! މިކަލޭގެ މުފްތީމެންކުގެ ފަހަތުގައި ދުވެގެންވެސް އެކަހަލަ ފަތުވައެއް ނުނެރުމުން އެންމެފަހުން އަމިއްލައަށް ނެރުނީދޯ. މިވަރުން ދާނަމަ ސޯޓުބާލައޮގެން މަގުމަތީގަ ނުދުވާނެހެނެއް ހިއެއްނުވޭ.
މ މިއުޒިކު ދޯ
ކޮބައިބާ ހުރިހާކަމަކަށް ބަސް ވިދާޅުވާ އިޔާޒު، މިކަމާ އެއްވެސް އަދެއް ނުލައްވާ މިހުނަނަވަނީމިކަން ހަމަ ބެސްޓު ވީމަތޯ؟
ހ ހުސޭނުބެ
ރާބޮއި ފަތްބޯން ބޭނުންވާވެސް ދިވެހިން އެބަތިއްބެވެ. ކަމެއް ހުއްދަ ނޫނީ މަނާވަނީ އެކަމެއް ބޭނުންވާ މީހުން ގިނަވީމަ ހެއްޔެވެ؟ ލޫތުބާގައިގެ ގައުމު މީހުންނަށް ވެސް ވީ ތިޔަހެންނެވެ.
ޢ ޢަހުމަދު
ަބާރަށް ބާރަށް ކުރިއަށް ގޮސް ބާރަށް ވެއްޓިގަނޭ އަލިފާނަށް
ރ ރަޝީދު ފޭދޫ
ބުދައް އަޅުކަން ކުރަން އަދި ގިނަ ބަޔަކު ނުބުނޭތޯ ތިދަނީ ފަތު އަޑު ކިޔާފަ މިގައުމުގެ ދީން ފުނޑާލަން ކުރާ މަސައްކަތް ބޮޑު ތަނުން ފަޅާއަރަމުން ޔާﷲ މިފާހިށު ކަންތަކައް ހިއްވަރު ދޭ ބައި ގަނޑު ހަލާކު ކރައް ވާދޭވެ އާމީން
މ މުންޖިޗޭ
އާމީން.