އެމްޕީއެލް ސަރަޙައްދަށް ފެތުރިފައިވާ ތެޔޮ ނަގައި، ކޮންޓްރޯލް ކުރެވިއްޖެ

އެމްޕީއެލް ސަރަޙައްދަށް ފެތުރިފައިވާ ތެޔޮ ނަގައި، ކޮންޓްރޯލް ކުރެވިއްޖެ

ގުޅުންހުރި

އެމްޕީއެލް ސަރަޙައްދަށް ފެތުރިފައިވާ ތެޔޮ ނެގި، ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން، އެމްޕީއެލް ސަރަހައްދު ފަޅުތެރޭގައާއި، ޢިއްޒުއްދީން ފާލަމާއި 3 ނަންބަރު ޖެޓީއާއި ދެމެދު ގިނަ ޢަދަދެއްގެ ކަޅުތެޔޮ އެޅުމާއި ގުޅިގެން، މޫދުން ކަޅު ތެޔޮ ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނުއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ރަސްމީ ފާލަން ސަރަޙައްދަށް އެޅިފައިވާ ކަޅުތެޔޮތައް ބޫމިންގ ބޭނުންކޮށްގެން، ނެގުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.

މިމަސައްކަތުގައި އެމްޕީއެލް ސަރަޙައްދަށް ފެތުރިފައިވާ ތެޔޮ މިހާރު ވަނީ ނެގި، ކޮންޓްރޯލް ކުރެވިފައެވެ. ރަސްމީ ފާލަން ސަރަޙައްދަށް އެޅިފައިވާ ތެޔޮ އިތުރަށް ފެތުރުނަ ނުދިނުމަށް ޓަކައި ސީޖީ ހަލަވެލި ބޭނުން ކޮށްގެން ރަސްމީ ފާލަން އަދި އެ ސަރަޙައްދު ބޭރުން، ބޫމް އަޅެމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ސަރަޙައްދަށް ގިނަ އަދަދަކަށް ތެޔޮ އެޅިފައިވާތީ، ތެޔޮ ނެގި އެއްކޮށް ކޮންޓްރޯލް ކުރެވޭނީ މިރެޔާ އެއްކޮށް މަސައްކަތް ކޮށްގެންކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ޢިއްޒުއްދީން ފާލަން ސަރަޙައްދަށާއި އެމްޕީއެލް ސަރަހައްދަށް ކަޅުތެޔޮ އެޅެން މެދުވެރިވި ސަބަބެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ