ސައުދުގެ ސުވާލެއް؛ އިދިކޮޅު ފަރާތްތަކަށް ހަރާމާއި، ހަލާލް ވަކިނުވާ ހިސާބަށް ދިޔައީތޯ؟

ސައުދުގެ ސުވާލެއް؛ އިދިކޮޅު ފަރާތްތަކަށް ހަރާމާއި، ހަލާލް ވަކިނުވާ ހިސާބަށް ދިޔައީތޯ؟

Author
މުޙައްމަދު ޝަޒައިމް
31 ޑިސެމްބަރ 2022 01:19
0

އިދިކޮޅު ސިޔާސީ އިސް ފަރާތްތަކުން ރައީސް ޔާމީނަށް ކުރި ހުކުމާއި ދެކޮޅަށް ކުރަމުންދާ އިހުތިޖާޖްތަކާއި ގުޅިގެން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ސުވާލު އުފައްދައިފިއެވެ.

މެމްބަރު ސައުދު މިފަދަ ސުވާލެއް އުފެއްދީ ވ.އާރަށުގެ ޚިޔާނާތައި ގުޅިގެން ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ހުކުމާއި ދެކޮޅަށް މުޅި ރާއްޖޭގައި އިއްޔެ އިދިކޮޅު ފަރާތްތަކުން އަޑު އުފުލުމަށް ހިންގި ހަރަކާތްތާއި ގުޅިގެންނެވެ. އިދިކޮޅު އިސް ލީޑަރުން ބައިވެރިވި ބޮޑު ހިނގާލުން ބާއްވާފައިވަނީ މާލޭގައެވެ. މިހިނގާލުމުގައި އިދިކޮޅު ފަރާތްތަކުން ޝިއާރަކަށް ގެންގެޅެފައިވަނީ ރައީސް ޔާމީނަށް ކޮށްފައިވާ ހަރާމް ހުކުމެވެ.

މެމްބަރު ސައުދު ވިދާޅުވީ ކަޑައެޅިގެން ހަރާމް ވައްކަމެއް ކުރި މީހެއް ސަލާމަތް ކުރުމަށް ދޮގު ހިކިބަސް ދިނުމުންވެސް ވައްކަން ސާބިތުވާކަމަށް ކޯޓުން ނިންމުމުން އެކަން ބަލައި ނުގަނެވުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ. ސާބިތު ވައްކަމަކަށް ކުރި ހުކުމަކާއި ގުޅިގެން ކުރަމުންދާ އިހުތިޖާޖްތަކުން އިދިކޮޅު ސިޔާސީ އިސް ބޭފުޅުންނަށް ހަރާމާއި، ހަލާލްވެސް ވަކިނުވާ ހިސާބަށް ގޮސްފައިވާކަން ސާފުވާކަމަށް ސައުދު ވިދާޅުވިއެވެ.

ހަރާމް ވައްކަމެއްކޮށްފަ، އެވައްކަމުން ރެކި ގަތުމަށް ހަރާމް ދޮގު ހެކިބަސް ދިނުމުން، ކުރި ވައްކަން ސާބިތުވީމާ، އިދިކޮޅު ސިޔާސީ ޕާޓީގެ އިސް ވެރިންގެ ވިސްނުން ހަރާމް ހަލާލް ވަކިކުރަން ނޭގޭ ހާލަތަށް ދިޔައީތޯ؟ ގަސްތުގައި ރައްޔިތުންނަށް އޮޅުވާލައްވަނީތޯ؟ ނޫނީ ހަރާމް ކަންކަމަށް ތަރުހީބް ދެނީތޯ؟

– ސައުދު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިއްޔެ މާލޭގައި ކުރިއަށް ގެންދާ ހިނގާލުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަކީ މިސަރުކާރުން އެންމެ ޖެހިލުންވާ ސިޔާސީ ލީޑަރުކަމަށެވެ. ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރުމަށް ރައީސް ޔާމީނަށް މިސަރުކާރުން އެކި ފަހަރު މަތީން އަނިޔާ ދެމުންދާކަމަށް އަދުރޭ ވިދާޅުވިއެވެ.

ސިޔާސީ ހަގީގަތަކީ މިއަދު ރާއްޖޭގެ އެންމެ ތާއީދު ބޮޑު ލީޑަރަކީ ރައީސް ޔާމީން ކަމަށާއި، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ވާދަކުރުމަކީ މިސަރުކާރަށް ހަޖަމް ކުރެވޭނެ ކަމެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަދު މުޅި ރާއްޖޭގައި ރައްޔިތުން އުފުލާ އަޑަކީ ރައީސް ޔާމީން މިނިވަންކޮށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ މަގު އެމަނިކުފާނަށް ތަނަވަސް ކޮށް ދެއްވުންކަމަށެވެ.

ރައްޔިތުން ބޭނުންވަނީ ޤައުމަށް ޚިދުމަތް ކުރެވޭ، އިހުލާސްތެރި ވެރިއެއް ކަމަށާއި، ވަކި ޤައުމެއްގެ އަޅުވެތިކަމަށް ގޮސް ވެއްޓޭ ވެރިއަކަށް ދެވަނަ ދައުރެއް ދިނުމަކީ ރައްޔިތުން އެދޭނެ ގޮތެއް ނޫންކަމަށެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މިހިނގާލުމުގައި އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން ކޮށްފައިވާ ހުކުމް ބާތިލްކޮށް އެމަނިކުފާނާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވޭތަން ފެންނަ ކަމަށެވެ. އަދި ރައްޔިތުން ތިބީ ރައީސް ޔާމީންގެ ނަންފުޅު ނެތް އިންތިޚާބަކަށް ޖާގަދޭ ގޮތަކަށް ނޫންކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ އޭނާގެ ވާހަކައިގައި ފަނޑިޔާރުންނަށްވެސް އިލްތިމާސެއްކޮށްފައެވެ. އެގޮތުން ކޮންމެ ފަނޑިޔާރަކުވެސް ހުކުމް ކުރެއްވުމުގައި އަދުލުވެރިކަމާއިއެކު ހުކުމް ކުރެއްވުމުގައި ދެމިހުންނެވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވ
ހަރާމާ.ހަލާލުވަކިނުވާހިސާބަށްދިޔައީ މިސަރުކާރާ މިސަރުކާރުގެ.ބާވެރިން އޯކޭ
އ އިބްރާހީމް
ޔާމީނު ޖަލަށް ލާފައިވަނީ ވައްކަމުގެކުށް ސާބިތު ވެގެންނެއްނޫން. ކުށުގެ ބާވަތްތައް ވަކިކުރަން ނޭގޭމީހަކު ތިޔަފަދަ ވާހަކަ ނުދެއްކުން ރަނގަޅުވާނީ. ތިދެއްކި ވާހަކަ އާއި ގުޅިގެން އަބުރުގެ ދައުވާ ކުރެވިދާނެ.
ޢ ޢަޒްރާޢލީ
ީނާއަކީ ހަލާލުވިޔަސް ޙަރާމްވިޔަސް ޔާމީނު ސަރުކާރުގަ ވަގަށް ކެއި މީހެއް ބޮނޑި ބޮނޑި ކުރަން އުޅުނު މީހެއް މޏާ ބޭނުން ގޮތަކަށް ކޫއްޑޫ އިން ވައްކަން ނުކުރެވިގެން ރ ޔާމީން އާއި ދެކޮޅުވީ
އ އަމިއްލަ
ތީހަލާލާއިހަރާމްް އެގިގެންް މަޖިލިސްތެރެއިންނާާ ބޭރުންފެންމުންދާމަންޒަރުންް ހަލާލުު މުއްސިކަންހޯދާމީހެއްކަަ ދޯއެފެންނަނީީ
ދޯ