250 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖެއައި ޖަޕާނުގެ ކްރޫޒް ލައިނާއެއް ހޫނު މަރުހަބާއެއް

250 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖެއައި ޖަޕާނުގެ ކްރޫޒް ލައިނާއެއް ހޫނު މަރުހަބާއެއް

Author
ހުސެއިން
30 ޑިސެމްބަރ 2022 08:18
0

އާއަހަރުގެ ބަންދާ ދިމާކޮށް، 250 އަށްވުރެ ގިނަ ފަތުރު ވެރިންނާއެކު މާލެ އައި ޖަޕާނުގެ "ނިޕޮންމާރު" ކުރޫޒު ލައިނަރއަށް ޓޫރިޒަމް މިނިސްޓްރީން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި ކުރޫޒު ލައިނަރއަކީ މިމަހުގެ 30 އަދި 31 ވަނަ ދުވަހު މާލޭ ބަދަރުގައި މަޑު ކޮށްގެން އޮތުމަށްފަަހު އަނެއްކާވެސް ދަތުރަށް ފަށާގޮތަށް، އާއަހަރުގެ ބަންދާއި ދިމާކޮށް ރާއްޖެއަށް ބަނދަރުކުރި ކުރޫޒު ލައިނަރއެކެވެ.

މިގޮތުން "ނިޕޮންމާރު" ރާއްޖެއަށް ބަނދަރު ކުރުމާއެކު ކުރޫޒު ލައިނަރއިން އައި ފަތުރުވެރިންނަށް މަރުހަބާ ވިދާޅުވެފައިވަނީ ފަތުރުވެރުކަމާބެހޭ ވަޒީރު ޑރ. އަބުދުﷲ މައުސޫމްއެވެ. އަދި ޑރ. މައުސޫމްވަނީ ކުރޫޒް ލައިނަރއަށް ޚާއްސަ ހަދިޔާއެއްވެސް އަރުވާފައެވެ.

ނިޕޮން މާރު ކުރޫޒް ލައިނަރ މާލޭގައި ބަނދަރު ކޮށްފައި

ޓުއަރިޒަމް މިނިސްޓްރީން ކުރި ޓޫވީޓެއްގައި ބުނެފައިވަނީ، މިއީ 2019ވަނަ އަހަރަށްފަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ، ޖަޕާނުގެ ފަތުރުވެރިންގެ އެންމެ ބޮޑު ގުރޫޕު ކަމުގައެވެ. އަދި މި ކުރޫޒް ލައިނަރއަށް މަރުހަބާ ކިޔާފައިވަނީ ޓުއަރިޒަމް މިނިސްޓްރީގެ އިތުރުން، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަންއާއި، އެމްއެމްޕީއާރުސީއާއި، ނަންޓޯ ޓުއާސްގެ އިތުރުން ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ގުޅިގެން ކަމަށްވެސް މި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

އާއަހަރު ޗުއްޓީއާއި ދިމާކޮށް ރާއްޖެއަށް ދަނީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަމުންނެވެ. މީގެ އެއް ހަފްތާކުރިން މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ސަރުކާރުން ހިފި އަމާޒަށްވެސް ވަނީ ވާޞިލްވެފައެވެ. މިގޮތުން މިއަހަރު މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.