މުސާރައިގެ ތަފާތު ކުރުން ގެންގުޅޭތީ ބޫމީ ރުޅިގަދަވެއްޖެ

މުސާރައިގެ ތަފާތު ކުރުން ގެންގުޅޭތީ ބޫމީ ރުޅިގަދަވެއްޖެ

ގުޅުންހުރި

ބޮލީވުޑްގެ ފިލްމް ކުޅޭ ތަރިންގެ ތެރެއިން އެކްޓަރުންނަށް، އެކްޓްރެސް އިންނަށްވުރެ ބޮޑު މުސާރަ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ބޭއިންސާފު ވުން ކަމަށް ބަތަލާ ބޫމީ ޕޭޑްނޭކަރް ބުނެފިއެވެ.

މި ފަހުން މީޑިއާގައި ވާހަަދައްކަމުން ބޫމީ ބުނީ ކިތަންމެ ބޮޑު ބަޖެޓަކުން ފިލްމް ހެދި ކަމުގައިވިޔަސް ފިރިހެން ތަރިންނަށް ދޭ މުސާރަ ބޮޑު ކަމަށެވެ. އަދި މުސާރައިގެ މިފަދަ ފަރަގަކީ ކޮންކަހަލަ އިންސާފެއްތޯ އޭނާ ވަނީ ސުވާލު އުފައްދައިފައިއެވެ.

"އެ ވަރިހަމަ ކިތަންމެ ބޮޑު ބަޖެޓަކުން ހަދާ ފިލްމް އެއް ކމުގައިވިޔަސް މޭލް އެކްތަރުންނަށް ފީމޭލް އެކްޓަރުންނަށްވުރެ ގިނަ ލާރި ލިބޭ. އަދި މީގެ ހިއްވާ ކަމަކީ ބޮޑު މުސާރަ އެމީހުންނަށް ދޭތީ އަހަރުމެން އެކަމާއި އުފާކޮށް ޝުކުރު ކުރަންޖެހުން، މީ އެއްވެސް އިންސާފެއް ނޫން. އަންހެނުން ވެސް އަދި ފިރިހެނުން ވެސް ކުރަނީ އެއް މަސައްކަތެއް. އުޖޫރަ ހަމަހަމަ ވާންޖެހޭ ކަމަށް ގަބޫލު ކުރެވޭ."

ބޮލީވުޑްގެ އަންހެނުން ނަށ ލިބޭ މުސާރަ މަދު ކަމާއި ފިރހެން ތަރިންނަށް ލިބޭ މުސާރަ ބޮޑު ކަމުގެ ވާހަކަ އަކީ ޒަމާނުންސުރެ ދެކެވެމުން އަންނަ ނަމަވެސް އެއްވެސް ހައްލެއް އައިސްފައި ނުވާ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުން ބަތަލާއިން ފާހަގަ ކުރާ ކަމެކެވެ.

 

ބޫމީ ބޮލީވުޑް އަށް ތައާރަފްވީ 2015 ވަނަ އަހަރުގެ ފިލްމް "ދަމް ލަގާކޭ ހައިޝާ" އިންނެވެ. އޭނާ އާއި އެކުގައި މި ފިލްމްއިން ފެނިގެން ގޮސްފައިވަނީ އަޔުޝްމާން ކުރާނާއެވެ. އެ ފިލްްމް ގައި އޭނާ ފެނިގެން ދިއައީ ވަރަށް ފަލަ މީހެއްގެ ގޮތުގައިއެވެ. ނަަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޫމީ ވަނީ ހަށިގަނޑު ވަރަށްބޮޑަސް ހިއްކައިލައިފައިއެވެ.

އެންމެ ފަހުން ބޫމީ ފެނިގެން ދިއައީ ޑިސްނީ ޕްލަސް ހޮޓްސްޓާއިން ގެެނެސްދިން ފިލްްމް "ގޯވިންދާ ނާމް މެރާ" އިންނެވެ. މި ފިލްމް ގައި ބޫމީއާއި އެކުގައި ފެނިގެން ދިއައީ ވިކީ ކޯޝާލް އާއި ކިއާރާ އަދުވާނީއެވެ. އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓް ތަކުގެ ތެރޭގައި "ބީޅް" އާއި "ލޭޑީ ކިލާ" އަދި "އަފްވާ" ފަދަ ފިލްމްތަށް ފާހަގަ ކޮށްލެވއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ