ދެ އަންބަށް މީހުނާ އިނުން ހުއްޓުވައި ދިނުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަރިހުގައި ބޮލީވުޑްގެ ބިރުކުޑަ ބަތަލާގެ ގޮތުގައި މަޝްހޫރު ކަންގަނާ ތަނާވަރު އެދިއްޖެއެވެ.
މި މައުލޫއަށް އޭނާ ވާހަކަ ދައްކައިފައިވަނީ މިދިއަ ހަފްތާގެ ހޮނިހިރު ދުވަހުގައި ފިލްމް ސެޓުގައި ދަންޖެހިގެން މަރުވި ތުނީޝާގެ މައްސަލައިގަިއ ވާހަކަދައްކަމުންނެވެ. ކަންގަނާ ބުނެފައިވަނީ އޭނާ މަރުވީ އަމިއްލަ އަށް ނޫން ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށެވެ.
ކަންގަނާ އަންނަނީ ފިލްމް އިންޑަސްޓްރީގައި ހިނގާ މިފަދަ މަރުތަކާއި މެދުގައި ވަރަށް ބޮޑަށް ވާހަކަ ދައްކައި، މަރުވާ މީހަގެ ހައްގުގައި ވަކާލަތު ކުރަމުންނެވވެ. އެގޮތުން މީގެ ދެ އަހަރެއްހައި ދުވަސް ކުރިން މަރުވި ސުޝާންތް ސިންގް ރާޖްޕޫތް ވެސް ބަޔަކު މާރީލިކަމަށް ބުނެ އޭނާ ވަނީ އިންސާފު ހޯދައިދިނުމަށް ވަކާލަތު ކޮށްފައިއެވެ.
20 އަހަރުގެ ތުނީޝާ މަރުވެފައި ހުއްޓާ ފެނުނީ ދަންވަރު 1:30 ހާއިރު "އަލީ ބާބާ: ދާސްތާނޭ ކާބުލް" ގެ ސެޓެއްގައިއެވެ. އޭނާ މަރުވީ، ސެޓްގައި އޭނާ އާއި އެކުގައި ލީޑުން ފެންނަ އެކްޓަރު ޝީޒާންގެ މޭކަޕް ރޫމްގައި ދަންޖެހިގެން ހުއްޓައެވެ. ހަބަރު ބުނާގޮތުގައި އެދެމީހުން އުޅުނީ ރައްޓެހިވެގެން ކަމަށްވެއެވެ. އަދި ތުނީޝާ އަލަތު ދަރިއަށް ބަލިވެ ކަމަށްވެސް ވެއެވެ.
ރައްޓެހިވެގެން އުޅުން ދެލޯބިވެރިން ރުޅިވިތާ އަދި ވާނީ 15 ވަރަކަށް ދުވަހެވެ. އެމައްސަލައިގައި ޝީޒަން ވަނީ ހަައްޔަރުކޯށްފައިއެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޗަންދުރަކަންތު ޔާދާވް ވިދާޅުވީ އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ޓީވީ ސިލްސިލާތަކުގެ އިތުރުން ތުނީޝާ އަކީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އެގޮތުން ކެޓްރީނާ ކައިފްގެ 2016 ގެ "ފިތޫރު" އާއި އެ އަހަރުގެ "ބާރު ބާރު ދޭކޯ" ގައި ކެޓްރީނާގެ ފުރާވަރުގެ ރޯލު ތުނީޝާ ކުޅެފައިވެ އެވެ. އަދި ސަލްމާން ޚާންގެ 2019 ގެ "ދަބަންގް 3″ އާއި ވިދިޔާ ބާލަންގެ 2016 ގެ "ކަހާނީ" އިން ވެސް ތުނީޝާ ފެނިފައިވެއެވެ.
ކޮމެންޓު ފޮނުވާ