ގަން ތުނޑީ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

ގަން ތުނޑީ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2022 12:22
0

ލ. ގަން ތުނޑީ ބަނދަރުގެ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތް ނިންމައި، ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފައިވާކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ލ. ގަން ތުނޑީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރޭމްޕް ހެދުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ވަނީ ނިމިފައި ވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޖެޓީއާއި ބްރިޖް ފޫޓިންގ ގެ ކާސްޓިންގ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެއެވެ. އަދި 2501 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ 24.71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.