ނިޒާމީ ވޯޓުގެ ވާހަކަ ކޯލިޝަން މެނިފެސްޓޯގަ ނެތް، މެނިފެސްޓޯގަ ނެތްކަމެއް ތަންފީޒެއް ނުކުރެވޭނެ: ރައީސް

ނިޒާމީ ވޯޓުގެ ވާހަކަ ކޯލިޝަން މެނިފެސްޓޯގަ ނެތް، މެނިފެސްޓޯގަ ނެތްކަމެއް ތަންފީޒެއް ނުކުރެވޭނެ: ރައީސް

Author
ހުސެއިން
28 ޑިސެމްބަރ 2022 05:05
0

ނިޒާމީ ވޯޓުގެ ވާހަކައެއް ކޯލިޝަން މެނިފެސްޓޯގަ ނޯންނާނެ ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ. މިހާރު ރައީސް އޮފީހިގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ މިދައުރުގައި ކޯލިޝަން މެނިފެސްޓޯ މެނުވީ ތަންފީޒު ނުކުރެއްވެނެ ކަމަށާއި، އެ މެނިފެސްޓޯއަށް ބަދަލު ގެންނަނަމަ އެކަން ކުރެވޭނީ ކޯލިޝަން ޕާޓްނަރުންނާއި ވާހަކަ ދައްކައިގެން ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ނިޒާމު ބަދަލުކުރަން ބޭނުންވާނަމަ އެކަމަށް ޕްރޮސެސްއެއް އޮތް ކަމަށާއި، އެފދަ ހުށަހެޅުމެއް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން، ރައްޔިތުންގެ ނިންމުމެއް އަތުވެއްޖެ ނަމަ ނިޒާމް ބަދަލުކުރުމަށް ތާއީދު ކުރައްވާނެ ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި، ނަޝީދު ރާއްޖޭގެ ރައީސްކަރައްވާނެ ދުވަހެއް ދެކެން ބޭނުންފުޅުވާ ވާހަކަ ކުރިން ރައީސް ވިދާޅުވެފައިވާކަމަށް ވިދާޅުވެ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ނަޝީދަށް ރައީސްކަން ކުރެއްވުމަށް ފުރުސަތު ނުދެއްވާ ދުރަށް ޖެހިވަަޑައި ނުގަންނަވަނީ ކީއްވެތޯ ނޫސްވެރިޔަކު ކުރު ސުވާލުގެ ޖަވާބުގައި ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގެ ރައީސްކަން ކުރައްވަން ދެން ބޭނުންފު ނޫންކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމަށާއި، ބޭނުންފުޅުވަނީ ބޮޑުވަޒީރުކަންކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމުގައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ފެށުނީއްސުރެ ސިޔާސީ ބައެއް ކަންކަމުގައި ނަޝީދާއި ދެބޭފުޅުންގެ ޚިޔާލުތަފާވުން ހުރި ކަމަށެވެ. ނަޝީދު ވެރިކަމުގައި ހުންނެވިއިރުވެސް ސިޔާސީ ކަންކަމުގައި ޚިޔާލުތަފާވަމުން އައި ކަމުގައެވެ.

ރައީސް ސާލިހު ވިދާޅުވީ އެހެންނަމަވެސް މިހާރު ވެރިކަމުގައި ހުންނަވާ ގޮތް ނިންމަން ޖެހެނީ ގިނަ ބައެއްގެ ލަފައާއި އެއްގޮތަށް ކަމަށާއި، މިއަދު އެމަނިކްފާނު ވެރިކަމުގައި ހުންނެވި ހުންނެވުމާއި ގުޅިގެން ކަމުގައެވެ. އަދި ވިދާޅުވީ ނަޝީދާއި މިހާރު އޮތް ޚިޔާލުތަފާތުވުމަކީ ނަޝީދަށް ވެރިކަމުގައި ނުހުރެވުން ކަމަށާއި، ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވިނަމަވެސް، އެ ޚިޔާލުތަފާތުވުން އޮންނާނެ ކަމަށް ދެކެވަަޑައިގަންނަވާކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ސާލިހު ވިދާޅުވި ގޮތުން ނަޝީދާއި ރައީސް ސާލިހާ ދެމެދު އޮތް ޚިޔާލު ތަފާތުވުމަކީ ނަޝީދު ވެރިކަމުގައި ނެތުމުން އުފެދިފައިވާ ޚިޔާލުތަފާތު ވުމެއް ކަމަށާއި، އެއީ ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް އުފެދޭނެ ޚިޔާލުތަފާތުވުމެއް ކަމުގައި ދެކެވަޑައިގަންވާ ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.