ސުޝާންތް އޮތީ މަރާލާފައި ކަމަށް ބުނެފި

ސުޝާންތް އޮތީ މަރާލާފައި ކަމަށް ބުނެފި

Author
ފާތިމަތު ނާވީ
30 ޑިސެމްބަރ 2022 04:41
0

2020 ވަނަ އަހަރު ދަންޖެހިގެން އަމިއްލަ އަށް މަރުވި ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ސުޝާންސިންގް ރާޖްޕޫތުގެ މަރުވީ، އަމިއްލަ އަށް ނޫންކަމަށާއި، އޭނާ މަރާލީ ކަމަށް އޭނާގެ ޕޯސްޓުމޯޓަމް ހެދުމުގެ މަސައްކަތުގައި އުޅުނު މީހަކު ބުނެފި އެވެ.

ދެއަހަރެއްހައި ދުވަސް ކުރިން ހިނގި މިހާދިސާގެ މިާގިނ ހޯދުންތަކެއް ފުލުހުނަށް މިވީހާ ތަނަކަށް އަދި ހޯދިފައިއެއް ނުވެއެވެ. ޕޯސްޓުމޯޓަމް ހެދުމުގެ މަސައްކަތުގައި އުޅުނު މީހާ ބުނިގޮތުގައި، މަރާލާފައި ކަމުގެ ހެކިތައް އޭނާގެ ހަށިގަނޑުން ފެންނަން ހުރިކަމަށެވެ.

ސުޝާންތުގެ ޕޯސްޓް މޯޓަމް ހެދީ ކޫޕާ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުގެ މުވައްޒަފެއް ކަމަށްވާ ރޫޕްކުމާރު ޝާހް ޓީވީ9 އަށް ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ސުޝާންތުގެ ޕޯސްޓް މޯޓަމް ހެދުމުގައި އޭނާ އަމަލީ ގޮތުން ބައިވެރިވި އެވެ. އަދި ސުޝާންތުގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަނިޔާގެ ނިޝާންތައް ފެނުނު ކަމަށާއި ކަރުގައި ވެސް އަނިޔާގެ ނިޝާންތަކެއް ހުއްޓާ ފެނިފައިވާ ކަމަށެވެ. އަދި މިއީ އަމިއްލައަށް މަރުވާ މީހުންގެ ހަށިގަނޑުން ފެންނަ ފަދަ ނިޝާންތަކެއް ނޫން ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށް ރޫޕްކުމާރު ބުންޏެވެ.

މުމްބާއީގެ ކޫޕާ ހޮސްޕިޓަލުގެ މޯޗަރީގައި މަސައްކަތް ކުރާ ރޫޕުކުމާރު ބުނީ އޭނާ ޕޯސްޓްމޯޓަމް ހެދުމުގައި އުޅޭތާ 28 އަހަރު ވެއްޖެ ކަމަށާއި ސުޝާންތުގެ ހަށިގަނޑުން ފާހަގަވި ކަންކަން އޭނާގެ ސީނިއާ މީހުން ގާތު ބުނުމުން އެކަމާ އަޅާނުލި ކަމަށެވެ. ސުޝާންތުގެ މަރުގެ ރިިޕޯޓުގައި ބުނެފައިވަނީ އޭނާ މަރުވީ ދަންޖެހި، ނޭވާ ހާސްވެގެން ކަމަށެވެ.

 

View this post on Instagram

 

A post shared by Rhea Chakraborty (@rhea_chakraborty)

ސުޝާންތުގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ ޕޯސްޓުމޯޓަމް ހެދުމަށް ފަހު ކަމާބެހޭ ފަރާތްތަކުން ބުނީ އޭނާ މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށެވެ. ނަމަވެސް ދެއަހައްހައި ދުވަސް ފަހުން އަނެއްކައިވެސް މި މައްސަލައަށް ޓްވިޓެއް އައިސްފައިވާއިރުގައި އޭނާ އޭރުގައި ލޯބިގެ ގޮތުން ގުޅިގެން އުޅުނީ މާ މަޝްހޫރު ނޫން އެކްޓްރެސްއެއް ކަމުގައިވާ ރިއާ ޗަކުރަބޮތީއާއިއެވެ.

ރިއާ އާއި އޭނާގެ ފިރިހެން ކޮއްކޮއަކީ ޑްރަގު ބޭނުން ކުރުމާއި އެ ވިއްކާ މީހުނަކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައިއެއް. އަދި ސުޝާންތުގެ މަރާއި އެކުގައި ރިއާއާއި ސުޝާންތުގެ އެކުވެރިންގެ ތެރޭގައި ހިމެނޭ އެތައް ބަޔަކުވެސް ހައްޔަރުކޮށްގެން ގިނަ ދުވަސްތަކަކު ގެންގުޅެ އެމީހުންނާ ވެސް ސުވާލުކޮށް ހަދާފައި ވެއެވެ.

ޓީވީ ސިލްސިލާ 'ޕަވިތުރަ ރިޝްތާ' އިން އާންމުންގެ މަގުބޫލުކަން ހޯދި އަދި ފަހުން ބޮލީވުޑުގެ ފިލްމުތަކުން ވެސް ފެނުނު ތަރި މަރުވެފައި ހުއްޓާ ފެނުނީ 14 ޖޫން 2020ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.