"ފަތޭ" އަށް ޖެކްލީންއަށް

"ފަތޭ" އަށް ޖެކްލީންއަށް

Author
ފާތިމަތު ނާވީ
29 ޑިސެމްބަރ 2022 08:29
0

މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާންކުރި އެކްޓަރު ސޯނޫ ސޫދުގެ ފިލްމު "ފަތޭ" ގެ ބަތަލާގެ ރޯލަށް ޖެކުއަލިން ފެނަންޑޭޒް ސޮއިކޮށްފައިވާ ކަމަށް މުނިފޫހިފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ފިލްމްގެ ލީޑުން ސޯނު ފެންނައިރުގައި މި ފިލްމް ކުރިން ރިލީޒް ކުރާނެ ކަމަށް އިއުލާން ކޮށްފައިވަނީ މިއަހަރުގައިއެވެ. ނަމަވެސް ދިމާވި ސަބަބުތަކާއި ހުރި ފިލްމް މިއަހަރު ސިނަމާތަކަށް ގެނެސްފައިއެއް ނުވެއެވެ. މި ފިލްމް އިން ސޯނޫ އާިއ ޖެކުއަލިން ފެންނަ އިރުގައި މީ މިދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމްއެވެ.

 

View this post on Instagram

 

A post shared by Sonu Sood (@sonu_sood)

49 އަހަރުގެ އެކްޓަރު އާންމުކޮށް ފެންނަނީ ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުންނެވެ. އެގޮތުން ނެގަޓިވް ގިނަ ރޯލްތަކެއް ސޯނޫ ކުޅެފައިވެ އެވެ. އަދި އެކްޝަންގެ އިތުރުން ގިން ކޮމެޑީ ރޯލުތަކުންވެސް އޭނާ ވަނީ ފެނިފައިއެވެ. ނަމަވެސް މިހާތަނަށް އޭނާ ފެނިފައިވަނީ ހުސް ސަޕޯޓިން ރޯލުތަކުންނެވެ.

މި އެކްޝަން ޑްރާމާ އަކީ ސްކްރީންޕްލޭ ލިޔެ، ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ސޯނޫ ހިއްސާވާ ފިލްމެކެވެ. އަބިނަންދަން ގުޕްތާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމު ހަދަނީ ޒީ ސްޓޫޑިއޯސްއާ ގުޅިގެންނެވެ.

ހަބަރުތަށް ބުނާގޮތުގައި ފިލްމްގެ ޝޫޓިން އަންނަ މަހުގައި ފަށާނެއެވެ. ޖެކުއަލިން އައު ފިލްމް އަކަށް ސޮއި ކުރިއިރުގައި އޭނާއަށް ވަނީ މަނީ ލޯންޑާކުރި ކަމުގެ ތުހުމަތު ތަކެއްވެސް ކޮށްފައިއެވެ. އަދި ހަމަ އެއާއި އެކުގައި ގިނަ ޕްރޮޑިއުސަރުން އޭނާ ލައްވަން ފިލްްމ ކުޅެން ބޭނުން ނުވާތީ މިހާރު އެނާގެ ފިލްމީ ކެރިއަރު ވަނީ ސުވާލު މާކެއްގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.