ފުޑް ސެކިއުރިޓީ ޕްރޮޤްރާމުގެ ދަށުން ހދ.ގެ 6 ރަށަކަށް ގަސް ހަދިޔާކޮށްފި

ފުޑް ސެކިއުރިޓީ ޕްރޮޤްރާމުގެ ދަށުން ހދ.ގެ 6 ރަށަކަށް ގަސް ހަދިޔާކޮށްފި

Author
ޢަލީ އާދަމް
28 ޑިސެމްބަރ 2022 12:41
0

އެގްރިކަލްޗަރ މިނިސްޓްރީން ކުރިއަށްގެންދާ ފުޑް ސެކިއުރިޓީ ޕްރޮޤްރާމުގެ ދަށުން ތިލަދުންމަތީ ދެކުނުބުރީގެ 6 ރަށަށް ގަސް ހަދިޔާކުރުމުގެ ޕްރޮޤްރާމެއް ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިޕްރޮޤްރާމްގެ ދަށުން ޖަބުރޯލު ، ފަތްކެޔޮ ، ބަބުކެޔޮ، އަލަ، އަދި މުރަނގަހުގެ މުޑުވަތް އެކުލެވޭހެން ޖުމްލަ 2525 މުޑުވަތް ރަށްރަށަށް ދެވޭނެކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރާ ގަސް ނުވަތަ މުޑުވައް ދޫކުރާނީ ރަށްރަށުގެ ހުރިހައި ގޭބީސީތަކަކަށެވެ. ކޮންމެ ރަށެއްގެވެސް ކައުންސިލް މެދުވެރިކޮށް ގޭގެއަށް ގަސްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މިޕްރޮގްރާމްގެ ދަށުން އެގްރިކަލްޗަރ މިނިސްޓްރީން ވަނީ މީގެކުރިންވެސް ރާއްޖޭގެ އެކި ރަށްތަކަށް ކެއުމަށް ބޭނުންވާ ތަކެތި އަޅާ ގަސްތައް ހަދިޔާކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން މިއަހަރު މުޑުވަތް ދިނުމަށް ހަމަޖެހިފައިވަނީ ނޮޅިވަރަމް، ކުމުންދޫ، ނޭކުރެންދޫ، ކުޅުދުއްފުށި، ވައިކަރަދޫ، އަދި ނެއްލައިދޫ އަށްކަމަށްވެސް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.