އާ ރަންވޭ ބޭނުންކުރަން ފެށި ފަހުން އެންމެ ގިނަ ރަންވޭ މޫވްމަންޓު ރެކޯޑް ކުރެވިފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ.
މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ހުޅުވި ފަހުން ޤާއިމްކުރެވުނު ރެކޯޑެކެވެ. ކޮންމެ އަހަރެއްގެވެސް ފަހުކޮޅަކީ ގިނަ އަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސްވަރެކެވެ. އަދި މިދުވަސްވަރަކީ ސްކޫލު ބަންދު ދުވަސްވަރުކަމުން ގިނަ އަދަދެއްގެ ދިވެހިންވެސް އެކިތަންތަނަށް ދަތުރުކުރެއެވެ. މިއާއިއެކު ރާއްޖޭގެ މައި އެއަރޕޯޓްކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް، ވީއައިއޭއަށް ވަނީ ބާރުބޮޑުވެފައެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވީ، މިމަހުގެ 22 ވަނަ ދުވަހު ވީއައިއޭގެ ރަންވޭ މޫވްމަންޓްގެ އައު ރެކޯޑެއް ޤާއިމްކޮށްފައިވާކަމަށެވެ. އެއީ ޖުމްލަ 228 ރަންވޭ މޫވްމަންޓް ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ. މީގެތެރޭގައި، 104 ބައިނަލްއަޤްވާމީ ފްލައިޓާއި، އެތެރޭގެ ދަތުރުތަކުގެ 104 ދަތުރުގެ އިތުރުން، 20 ޖެނެރަލް އޭވިއޭޝަން ހިމެނެއެވެ.
Since the new runway opened on October 6, 2022, VIA set a new record for runway movement on December 22, 2022.
There were 228 total runway movements, including 104 International, 104 domestic, and 20 general aviation. pic.twitter.com/ZKht5bsTqQ
— Velana Airport (@VelanaAirport) December 27, 2022
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ ހުޅުވާ ރަސްމީކޮށް ބޭނުންކުރަން ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު އެވެ. އެ ރަންވޭއަކީ ގަޑިއިރަކު 21 މަތިންދާބޯޓު އޮޕަރޭޓްކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ ރަންވޭއެކެވެ.
ދިގުމިނުގައި 3,400 މީޓަރު، ފުޅާމިނުގައި 60 މީޓަރުގެ އާ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ޗައިނާގެ އެގްޒިމް ބޭންކުގެ 373 މިލިއަން ޑޮލަރުގެ ލޯނުން 2017 ވަނަ އަހަރުއެވެ. އާ ރަންވޭ ހެދީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.
ވީއައިއޭ ބަދަލުކޮށްލަން ހިންގާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ދަށުން އާ ރަންވޭގެ އިތުރުން އާ ޕަސެންޖާ ޓާމިނަލަކާއި އާ ކާގޯ ޓާމިނަލެއް އަޅާނެއެވެ. އަދި ތެޔޮ ރައްކާކުރާ ބިޔަ ފާމެއް ވަނީ ހަދައިފައެވެ.
One Response
ރާއްޖެއައްކިތަންމެެ ފުލައިޓެއްއަޔަސްް ކިތަންމެެ ޓޫރިސްޓުންނެެއްއަޔަސްް ކިތަންމެބައިވަރުު ހިލޭއެހީއެއްލިބުނަސްް ރައްޔިތުންނައްލިބޭނެއެއްވެސްް މަންފާއެއްނުފެނޭޭ ޑޮލަރުު އެއްބުރުންމައްޗައްް ދިރިރިއުޅުމުގެެ ހަރަދުތައްއެއްބުރުންް އަތްނުފޯރާފަށައްް ޖޫރިމަނާތައްް ފަތުއަޑުކިޔާފަަ އެއްބުރުންމައްޗައްް