ކުރީގެ ލޯބިވެރިއާ ސަލްމާން އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފި

ކުރީގެ ލޯބިވެރިއާ ސަލްމާން އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފި

މިއަދު ފާހަގަ ކުރަމުން އަންނަ ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ހާން ގެ އުފަންދުވަހުގެ ތަހުނިޔާ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް ފޮނުވައިފިއެވެ.

ސަލްމާން އާއި ކެޓްރީނާގެ މެދުގައި އޮތް ލޯބީގެ ގުޅުން ނިމުން ކަމުގައިވިޔަސް އެމީހުން އެދެމީހުން އަދިވެސް ތިބީ ގާތް ދެރަހުމަތް ތެރިންގެ ގޮތުގައިއެވެ. އަދި ދެމީހުން އެކުގައި ކުޅުމުން އަންނަ ފްރެންޗައިޒް "ޓައިގާ3″ ގެ މަސައްކަތްވެސް ދެމީހުން އަންނަނީ ކުރަމުނެވެ.

ސޯޝަލް މީޑިއާގެ ސްޓޯރީއަށް ކެޓްރީނާ ކައިފް ދޫކޮށްލި މެސެޖުގައި އޭނާ ވަނީ ސަލްމާން އަށް އުފަންދުވަހުގެ ތަހުނިޔާ އާއި މުބާރިކްބާދީދީފައިއެވެ. ސަލްމާން އުފަންދުވަސް މިއަދު ފާހަގަ ކުރާއިރުގައި ކެޓްރީނާ ހުރީ އިންޑިއާއިން ބޭރުގައިއެވެ.

ކެޓްރީނާ ކައިފް އާއި ފިރިމީހާ އެކްޓަރު ވިކީ ކޯޝަލް ވަނީ އިއްޔެގެ ވަގުތެއްގައި އެއާޕޯޓްއިން ފެނިގެން ގޮސްފައިއެވެ. ހަބަރުތަށް ބުނާގޮތުން އެދެމީހުން އާ އަހަރު ފާހަގަ ކުރުމަށް ވަނީ ގޮސްފައިއެވެ.

5 އަހަރުގެ ދިގު މުއްދަތަކަށް ކެޓްރީނާ އާއި ސަލްމާން ލޯބީގެ ގޮތުން ގުޅިގެން އުޅުނެވެ. އެމީހުން ލޯބީގެ ގޮތުން ގުޅިފައިވަނީ 2003 ވަނަ އަހަރުގައިއެވެ. އެދެމީހުން އެކަކު އަނެއްކަކަށް ފިދާވާވަރަށް ލޯބިވެގެން އުޅުން އިރުގައި ވަނީ ބައެއް ފިލްމް ތަށްވެސް ކުޅެފައއެވެ. "މޭނާ ޕިޔާރް ކިޔު ކިއާ" އާއި "ޓައިގާ" އާއި "ބާރަތް" އަދި "ޓައިގާ ޒިންދާ ހޭ" ފަދަ ފިލްމް ތަށް ފާހަގަ ކޮށްލެވެ.

ސަލްމާން އާއި ކެޓްރީނާ ގެ ލޯބީގެ ގުޅުން ނިމުނީ ބުނެވޭ ގޮތުގައި ރަންބިރާއި ކެޓްރީނާގެ ގާތް ގުޅުމެވެ. އެމީހުން އެކުގައި ކުޅުން ފިލްމް "އަޖަބް ޕްރޭމްކީ ގަޒަބް ކަހާނީ" ގެ ސެޓުން ބައްދަލުވެ ދެމީހުން ވަނީ ރައްޓެހިވެފައިއެވެ. ނަމަވެސް އެގުޅުންވެސް ކައިވެންޏާއި ހަމައަކަށް ނުދިއައެވެ.

ސަލްމާން 57 އަހަރު ފާހަގަ ކުރާއިރުގައ އޭނާ އަދިވެސް ހުރީ ހުސްހަށިބަޔަށެވެ. ކެޓްރީނާ ވަނީ މިދިއަ އަހަރުގައި ވިކީ ކޯޝަލް އާއި ކައިިވެނި ކޮށްފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *