ސަލްމާންއަށް މިއަދު 57 އަހަރު ފުރިއްޖެ

ސަލްމާންއަށް މިއަދު 57 އަހަރު ފުރިއްޖެ

Author
ފާތިމަތު ނާވީ
29 ޑިސެމްބަރ 2022 04:56
0

މިއަދަކީ ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ކާމިޔާބު އެއް އެކްޓަރު ސަލްމާން ހާންގެ އުފަންދުވަހެއެވެ. މިއަދު ފާހަގަ ކުރަމުން ދަނީ ސަލްމާން ހާންގެ 57 ވަނަ އުފަންދުވަހެވެ. ސަލްމާން ހާން އަށް އުފާވެރި އުފަންދުވަހަކަށް އެދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ތަހުނިޔާގެ މެސެޖުތަށް ފޮނުވަމުންނެވެ.

އޭނަގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ގާތް މީހުންނާ އެކީ ކުޑަވަރެއްގެ ހަފުލާއެއް ވެސް ބޭއްވި އެވެ. އެ ހަފްލާ ބާއްވައިފައިވަނީ ސަލްމާންގެ ކޮއްކޮ އަރްޕިތާ ހާންގެ ގޭގައިއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

1989 ވަނަ އަހަރުގެ ފިލްމް "މޭނާ ޕިޔާރް ކިޔާއިން" ބޮޑު މަގުބޫލު ކަމެއް ހޯދި ސަލްމާން ހާން ގެ ފިލްމީ ކެރިއަރުގެ އެންމެ ފުރަތަމަ ފިލްމް އަކީ 1988 ވަނަ އަހަރުގެ ފިލްމް "ބީވީ ހޯތޯ އޭސޭ"އެވެ. ނަމަވެސް ސަލްމާންގެ ތަރި އުޑުގައި ފިޔަޖަހަންފެށީ "މޭނާ ޕިޔާރް ކިޔާގެ" ކާމިޔާބިއާއި އެކުގައިއެވެ.

އުމުރުން އެންމެ 24 އަހަރުގައި ކުޅުނު އެފިލްމާއި އެކުގައި ސަލްމާން މިހާތަނަށް ކުޅުނު ގިނަ ފިލްމް ތަކެއް ވަރަށް ކާމިޔާބެއެވެ. އެއީ އެކުގައި އޭނާގެ ޑިމާންޑް ބޮޑުވެ މިއަދު އޭނާ އަކީ ބޮލީވުޑްގެ އެންމެ ނަން ހިގާ އަދި އެންމެ ނުފޫޒުގަދަ އެއް ތަރިއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "އަންތިމް: ދަ ފައިނަލް ޓުރުތު" އިންނެވެ. އަންނަ އަހަރު ސަލްމާންގެ ދެ ފިލްމެއް ރިލީޒްވާނެ އެވެ. އެއީ ފިތުރު އީދަށް ތާވަލުކޮށްފައި އޮތް "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އާއި ނޮވެމްބަރަށް ތާވަލުކޮށްފައި އޮތް "ޓައިގާ 3″ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.