ޕީއެސްއެމްގެ އެމްޑީއާއި، ޑީއެމްޑީގެ ދައުރުހަމަވެއްޖެ!

ޕީއެސްއެމްގެ އެމްޑީއާއި، ޑީއެމްޑީގެ ދައުރުހަމަވެއްޖެ!

Author
ހުސައިން
26 ޑިސެމްބަރ 2022 11:34
0

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަމީމްގެ ދައުރު ހަމަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ޚާލިދުގެ ދައުރު ހަމަވެފައިވަނީ އިއްޔެއަށެވެ. އަދި ޝަމީމްގެ ދައުރު ހަމަވެފައިވަނީ މިއަދަށެވެ. މިދެބޭފުޅުންގެ ދައުރު ހަމަވުމުން ރައީސް އޮފީހުން މިދެބޭފުޅުންގެ މަޤާމުގެ މުއްދަތު އިތުރު ނުކުރުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދައުލަތުގެ މީޑިއާއަށް އައު އެމްޑީއަކާއި، ޑީއެމްޑީއެއް އައްޔަން ކުރެވެންދެން މާދަމައިން ފެށިގެން ތަނުގެ ހިންގުން ޑިރެކްޓަރ އޮފް ޕްރޮކިއުމަންޓް މުހައްމަދު ސައީދާއި ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެމްއެމްގެ އެމްޑީގެ ދައުރު ހަމަވި ޢަލީ ޚާލިދަކީ ކުރިން ޓީވީއެމްގެ ސީއީއޯކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިޔުނިކޭޝަންސް އޮފިސަރުގެ މަޤާމުވެސް އޭނާ ވަނީ ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ފުރުއްވާފައެވެ. މީގެ އިތުރުން، ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ޙައްޖު ކޯޕަރޭޝަނަށާއި ވެމްކޯއަށްވެސް މެނޭޖިންގ ޑިރެކްޓަރުން އައްޔަން ކުރައްވާފައެވެ.

ޕީއެމްއެމްގެ ޑީއެމްޑީ ޝަމީމަކީ ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޝަމީމަކީ ވީޓީވީ އުފެއްދުމުގައި އިސްދައުރެއް އަދާކުރައްވައި އެތަނުގައި އިސްމަޤާމުތަކެއްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޝަމީމާއި، އަލީ ޚާލިދުގެ ދައުރަކީ ޕީއެސްއެމްގެ ހަޔާތުގައި އެންމެ ހިންގުން ދަށް ދައުރުގެ ގޮތުގައި އެތަނުގެ ގިނަ މުވައްޒިފުން ދެކެއެވެ. ޚާއްސަކޮށް މުވައްޒިފުންގެ ކުރިއެރުމާއި، ތަނުން ފޯރުކޮށްދޭ ޚިދުމަތަށްވެސް ވަރަށް ބޮޑު ހީނަރުކަމެއް އައި ދައުރެއްގެ ގޮތުގައި ގިނަ މުވައްޒިފުން ދެކެއެވެ. މިދެބޭފުޅުންގެ ދައުރަކީ ޕީއެމްއެމްގެ ހަޔާތުގައިވެސް އެންމެ ގިނަ މުވައްޒިފުން ތަނުން ކެޑިގެންދިޔަ ދައުރެވެ. އެގޮތުން ތަނަށް މުހިންމު އެތައް މުވައްޒިފުން ވަނީ ކުންފުނީގެ ހިންގުމާއިމެދު ހިތްހަމަ ނުޖެހި ކެނޑިގެން ގޮސްފައެވެ.

މިހާރުގެ ބޯޑުގައި ހިމެނޭ އެމްޑީއާއި ޑީއެމްޑީގެ ދައުރު ހަމަވެގެން ދިޔައިރު، މިދެބޭފުޅުންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައްވެސް އޭސީސީން ދަޏި ތަހުގީގް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.