އިންޑިއާގެ ފިލްމުތަކުގައި، އަދި ހާއްސަކޮށް ޓީވީ އިންޑަސްޓްރީގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ބަތަލާ ތުނީޝާ ޝަރުމާ މަރުވެފައި ހުއްޓާ ފެނުނު މައްސަލައާ ގުޅިގެން އޭނަގެ ލޯބިވެރިޔާ ޝީޒާން ޚާން ހައްޔަރުކޮށްފި އެވެ.
އޭނާ މަރުވެފައި ހުއްޓާ ފެނިފައިވަނީ ދަންވަރު 1:30 ހާއިރު ފިލްމު ސެޓެއްގައިއެވެ. އެއާއި އެކުގައި ސެޓުގެ މެމްބަރުން ވަނީ އޭނާ ހޮސްޕިޓަލް އަށް ގެންގޮސްފައެވެ. ނަމަވެސް ހޮސްޕިޓަލް އަށް ގެންދިއަ އިރުވެސް ތުނީޝާ މަރުވެފައި ވާކަމަށް ޚަބަރުލިބެއެވެ.
މީޑިއާތަކުން ބުނި ގޮތުގައި "އަލީ ބާބާ" ގެ ޓައިޓްލް ރޯލު ވެސް ކުޅޭ އެކްޓަރު ހައްޔަރުކުރީ، ތުނީޝާގެ މަރުގައި ޝީޒާންގެ އަތެއް ވާ ކަމަށް ބުނެ 20 އަހަރުގެ ބަތަލާގެ މަންމަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެންނެވެ.
ރިޕޯޓުތައް ބުނާގޮތުން ޝީޒަން އާއި ތޫނީޝާ އުޅުނީ ކުރިން ރައްޓެހި ވެގެންނެވެ. އެ ދެމީހުން ރުޅިވިތާ އަދި ވާނީ 15 ވަރަކަށް ދުވަހެވެ. އަޑުތައް އަރާފައިވާ ގޮތުން "އަލީ ބާބާ" ގެ ސެޓްގައި ޝީޒާންގެ މޭކަޕް ރޫމްގައި ދަންޖެހިގެން ތުނީޝާ މަރުވި އިރު، އޭނަ އިނީ ބަލިވެ އެވެ. އެމީހުން ޝޫޓް ކުރަމުން ގެންދިޔައީ ސޮނީ ސަބް ޗެނެލްގެ ސިލްސިލާ "އަލީ ބާބާ: ދާސްތާނޭ ކާބުލް" އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންނާ މީޑިއާތަކުން ސުވާލުކުރުމުން އެ މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ޗަންދުރަކަންތު ޔާދާވް ވިދާޅުވީ ތުނީޝާގެ ޕޯސްޓްމޯޓަމަށް ފަހު ނޫނީ އެފަދަ އެއްޗެއް ކަށަވަރުކޮށް ދެވެން ނެތް ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ޓީވީ ސިލްސިލާތަކުގެ އިތުރުން ތުނީޝާ އަކީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އެގޮތުން ކެޓްރީނާ ކައިފްގެ 2016 ގެ "ފިތޫރު" އާއި އެ އަހަރުގެ "ބާރު ބާރު ދޭކޯ" ގައި ކެޓްރީނާގެ ފުރާވަރުގެ ރޯލު ތުނީޝާ ކުޅެފައިވެ އެވެ. އަދި ސަލްމާން ޚާންގެ 2019 ގެ "ދަބަންގް 3″ އާއި ވިދިޔާ ބާލަންގެ 2016 ގެ "ކަހާނީ" އިން ވެސް ތުނީޝާ ފެނިފައިވެއެވެ.
ކޮމެންޓު ފޮނުވާ