ދުވާފަރު ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފި

ދުވާފަރު ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފި

Author
ހުސެއިން
24 ޑިސެމްބަރ 2022 06:39
0

ރ. ދުވާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިޔަށް މެމްބަރަކު އިންތިޚާބު ކުރުމަށް މިއަދު ކުރިޔަށްދިޔަ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފިއެވެ.

ދުވާފަރު ކައުންސިލުން ގޮނޑިއެއް ހުސްވެފައިވަނީ އެ ކައުންސިލްގެ މެމްބަރުންގެ މައްޗަށް ކުރެވިފައިވާ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ފެންމަތިވުމާއި ގުޅިގެން ކައުންސިލްގެ މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އިސްތިއުފާ ދެއްވި މެމްބަރުގެ އިތުރުން ދެ ބާކީ ތިބި ހަ މެމްބަރުން ތިބީ އަދިވެސް ސަސްޕެންޝަންގައެވެ.

މިއަދު ކުރިޔަށްދިޔަ ބައި އިލެކްޝަންގައި ވާދަ ކޮށްފައިވަނީ 3 ކެނޑިޑޭޓެކެވެ. އެއީ އެމްޑީޕީގެ ކެނޑިޑޭޓް އަބުދުﷲ ނާޒިމްއާއި، ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރި ފާތިމަތު އަލީއާއި އަމިއްލަގޮތުން ވާދަކުރި އަހުމަދު ހުސެއިންއެވެ.

އެމްޑީޕީގެ ކެނޑިޑޭޓް އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ 612 ވޯޓު ހޯދައިގެންނެވެ. ޕީޕީއެމްއިން ވާދަކުރި ކެނޑިޑޭޓަށް 544 ވޯޓު ލިބުނުއިރު އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓަށް ލިބުނީ 219 ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.