ދިވެހިރާއްޖޭގެ ކޯޓެއްގައި ރަޖިސްޓްރީ ނުކޮށް ކައިވެނި ކޮށްގެން ތިބި މީހުން މިސަރުކާރުގަ އެބަތިބި: ޔާމިން

ދިވެހިރާއްޖޭގެ ކޯޓެއްގައި ރަޖިސްޓްރީ ނުކޮށް ކައިވެނި ކޮށްގެން ތިބި މީހުން މިސަރުކާރުގަ އެބަތިބި: ޔާމިން

Author
ހުސެއިން
24 ޑިސެމްބަރ 2022 10:58
0

ދިވެހިރާއްޖޭގެ ކޯޓެއްގައި ރަޖިސްޓްރީ ނުކޮށް ކައިވެނިކޮށްގެން ތިބި މީހުން މި ސަރުކާރުގައި އެބަ ތިބި ކަމުގައި، ޕީޕީއެމްގެ ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.

ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމްއިން "ފެލާލާއިފި" ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ ކޮންމެ ކުއްޖަކު ވިހާ ހިސާބުން 10 ދުވަހުގެ ތެރޭގައި އޭނާ ރަޖިސްޓްރީ ނުކުރެވިއްޖެ ކަމަށް ވާނަމަ 10 ހާސް ރުފިޔާއެއް ތުއްތު ކުއްޖާ ދަކަން ޖެހުމަކީ މި ސަރުކާރުން ޒުވާނުންނަށް ދިން ހަދިޔާއެއް ކަމަށެވެ. ޔާމިންވަނީ އާންދަނީ ހޯދަން އެންމެ ލާރިއެއްވެސް ނުލިބޭ ކުޑަ ކުއްޖާ ކުށްވެރިވާން ޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

ޔާމިން ވިދާޅުވި ގޮތުގައި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަކީ މައިންބަފައިންގެ އަމިއްލަ ކަމެއް ކަމުގައެވެ. އަދި އެއީ ގާނޫނު ލާޒިމް ކުރާންޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެ، ޔާމިން ވިދާޅުވީ އެއީ ކައިވެނީގެ ސެޓްފިކެޓެއް ނޫންކަމަށާއި، ކައިވެނީގެ ސެޓްފިކެޓްގެ ވާހަކަ ދައްކާކަމަށް ވާނަމަ، ކޯޓެއްގައި ރަޖިސްޓްރީ ނުކޮށް ކައިވެނި ކޮށްގެން ތިބި މީހު މި ސަރުކާރުގައި އެބަ ތިބި ކަމުގައެވެ.

ދެން ސެޓްފިކެޓަކީ އަޅުގަޑުމެންގެ ހިންހަމަޖެހުމަށް އަޅުގަޑުމެން ހަދާ އެއްޗެއް. އެއީ ގާނޫނުން ލާޒިމް ކުރަންޖެހޭ އެއްޗެއްވެސް ނޫން. މިއުޅެނީ ކައިވެނީގެ ސެޓްފިކެޓެއްގެ ވާހަކައެއްވެސް ދައްކަނީކީއެއް ނޫން. މި ކައިވެނީގެ ސެޓްފިކެޓްގެ ވާހަކަ ދައްކަންޏާ މި ސަރުކާރުގަ އެބަތިބި ދިވެހިރާއްޖޭގެ ކޯޓެއްގައި ރަޖިސްޓްރީ ނުކޮށް ކައިވެނި ކޮށްގެން ތިބި މީހުން.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވިއެވެ. އިތުރަށް ޔާމިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިބީ ކުނިވެފައި ކަމުގައެވެ.

ރާއްޖޭގެ ކޯޓެއްގައި ރަޖިސްޓްރީ ނުކޮށް ކައިވެނިކޮށްގެން ތިބި މީހުން ސަރުކާރުގައި ތިބިކަމަށް ޔާމިން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ބައެއް ވަޒީރުން ގައިގޯޅިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައިވަނީ ދާދިފަހުން ލީކު ކޮށްލާފައެވެ. އެހެންނަަމަވެސް އެ ވަޒީރުނާއެކީ ފޮޓޯތަކުން ފެންނަ ފާރާތްތަކާ އެބޭފުޅުން ކައިވެނި ބައްލަވައިގެން އުޅުއްވާކަމެއް ޔަގީން ކުރެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަބުދުލް މުހުސިން ހުސެއިން
އެއީ ރަނގަޅު ވާހަކައެއް. އިކޮނޮމިކު މިނިސްޓޮރީގެ ޑެޕިއުޓީ މިނިސްޓަރ ނަމަކައް ކިޔާ މަަރިޔަމް ނާޒިމާ ވެސް އުޅެނީ ލަންކާ އައް ގޮސް މީހަކާ އިނދެގެން. ރާއްޖޭގެ ކޯޓެއްގައި ރަޖިސްޓުރީ އެއް ނުކުރޭ... ބޭނުމަކީ ދަރި ފަސްކޮޅު އޮޅުވާލުން..