މަސައްކަތް ކުރަމުންދަނީ ރާއްޖެއަކީ ސައުތު އޭޝިއާ ރީޖަންގެ ވޭސްޓް ޑަމްޕަކަށް ހަދަން: ޔާމިން

މަސައްކަތް ކުރަމުންދަނީ ރާއްޖެއަކީ ސައުތު އޭޝިއާ ރީޖަންގެ ވޭސްޓް ޑަމްޕަކަށް ހަދަން: ޔާމިން

Author
ހުސެއިން
23 ޑިސެމްބަރ 2022 11:27
0

ދިވެހިރާއްޖެއަކީ ސައުތު އޭޝިއާ ރީޖަންގެ ވޭސްޓް ޑަމްޕަކަށް ހަދަން މަސައްކަތް ކުރަމުންދާ ކަމުގައި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބުދުالله ޔާމިން ވިދާޅުވެއްޖެއެވެ.

"ފެލާލައިފި" ނަމުގައި ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރާއްޖެއިން ބޭރުން ކުނި ރާއްޖެއަށް ގެންނަން ފާސްކުރީ އިހަކަށްދުވަހު ކަމަށާއި، އޭގެ ކުރިން، މުސްލިމުން ސިލޯނު ސަރުކާރަށް ވަޅުލެވޭނެ ގޮތެއް ނެތީމަ އެމީހުން ދިވެހިރާޖޭގައި ވަޅުލާން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ ކަމުގައެވެ.

މިއީ ކީއްވެގެން އުޅޭ ބައެއްތަ؟ އޭގެ ކުރިން އިސްލާމިކު މިނިސްޓަރު ނިންމައިފި ސިލޯނުގެ މުސްލިމުން، އެސަރުކާރުން ވަޅުލެވޭނެ ގޮތެއް ނެތީމަ ދިވެހިރާއްޖެއަށް އެމީހުން ވަޅުލަން ގެންނަން. އަޅުގަޑުގެ ހިތްބަރުކަމެއް އޭގަ އޮތީއެއް ނޫން. އެކަމަކު ދިވެހިރާއްޖެ މި ޒިންމާތައް އުފުލަން ޖެހިގެން މިއުޅެނީ ކީއްވެގެންތަ؟ އަނެއްކާ ސައުތު އިންޑިއާގެ ހުރިހާ.. މިހަރުވެސް މިއުޅެނީ އިންޑިއާއިން އަންނަ ދުމާހެދި ލޯ ހުޅުވާނުލެވިގެން މިއުޅެނީ. ދެން އަނެއްކާ މިވީ ދެކުނު އިންޑިއާއިން މިއަންނަ ހުރިހާ ކުންޏެއް މިތަނަށް ގެންނަން. ދިވެހި ޒުވާނުން ތާއިދު ކުރަންތޯ މިހުރިހާ ކުންޏެއް މިތަނަށް އެއްކުރަން؟

"ފެލާލައިފި" ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވިއެވެ.

ޔާމިން ވިދާޅުވީ ރާއްޖެއަކީ ޑަމްޕްސައިޓެއް ނޫންކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ ވެރިކަމުގަވެސް ތިބީ "ކުނިވެފަ" ތިބި މީހުންކަމަށާއި އެހެންކަމުން ކުރެވޭނެ ކަމެއް ނެތްކަމުގައެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވީ މިސަރުކާރު މިހާރު ދިރިއުޅެމުންދަނީ ޕާކިން ސްޓިކަރުން ކަމަށާއި، 200 މިލިއަނުން 300 މިލިއަނުން ކޮންމެ އަހަރަކުވެސް ސަރުކާރުން ނަގަމުންދާ ފައިސާއަކީ ސަރުކާރުން ޒުވާނުންނަށް ދިން ހަދިޔާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.