ފެލާލީވެސް ނޮޅާލީވެސް އެބޭފުޅުން: ޝާހިދު

ފެލާލީވެސް ނޮޅާލީވެސް އެބޭފުޅުން: ޝާހިދު

Author
ހުސެއިން
23 ޑިސެމްބަރ 2022 07:46
0

ދިވެހިރާއްޖެ ފެލާލީ 2013 އިން ފެށިގެން ދިވެހިރާއްޖެ ފެލަމުން ގެންދިޔަ މީހުންކަމަށާއި، ފެލާލައިފިއޭ، ނޮޅާލައިފިއޭ ބުނެ ޖަލްސާ ބޭއްވިއަސް ފެލަލީ ކޮންބައެއްކަން ދިވެހި ރައްޔިތުންނަށް އިނގޭކަމުގައި ޚާރިޖީވަޒީރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވުމަށާއި، ރައީސް ސާލިހު ފެކްޝަންގެ ހަރުގެ ޖަލްސާތައް ފެށުމުގެ ގޮތުން އަލަށް ގާއިމްކުރި އެ ފެކްޝަންގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފައިސާއަށް ވީގޮތް ނޭގިގެންކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ބޭންކު އޮފް މޯލްޑިވްސްއަށައި ދައުލަތުގެ މުވައްސަސާތަކަށް ވަޑައިގަންނަވާއިރު، ފައިސާއަށް ވީގެން އެނގޭނީވެސް ހަމަ އެބޭފުޅުންނަށް ކަމަށެވެ.

ބަލަ ފައިސާއަށް ވީގޮތް އިނގޭނީ އެބޭފުޅުންނަށޭ، އެބޭފުޅުންނޭ އެއެއްޗެހި ނަންގަވައިގެން ޖީބަށް ޖައްސަވައިގެން ތިއްބެވީ. ބަލަ ނޭގިގެން މިއުޅޭނީ މިހާރު ރައްޔިތުންނަށް އެފައިސާ ދާތީ. ރައްޔިތުނަށް އެފައިސާ ދާތީ ނޭގިގެން މިއުޅެނީ. އެއްކަލަ ބޭފުޅުންގެ ޖީބަކަށް ނޫންތާ މިދަނީކީ. ބައްލަވާ މާފަންނު ކޮޅުގައި އަޅުގަޑުމެން ނޫންތޯ ދައްކާލީ، ދެޓަވަރ އައިޖީއެމްއެޗްގެ. އެއްޓަވަރު އޮޅާލާފައި ފަހަތަށް. މިއީ ކަންތައް ހުރި މިންވަރު.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މިއޮތީ އަނެއްކާވެސް ރިޔާސީ އިންތިޚާބުގެ ވަގުތު އައިސްފައިކަމަށާއި މިހާރު ބޭނުންވަނީ ރާއްޖޭގައި ހަމަޖެހޭ ވެރިކަމެއް ބޭއްވުން ކަމަށާއި، ބޭނުންވަނީ ގާނޫނަށާއި މުވައްސަސާތަކަށް އިހުތިރާމްކުރާ ވެރިކަމެއް ބޭއްވުން ކަމުގައެވެ.

ރޭ ބޭއްވުނު އެމްޑީޕީގެ ހަރުގެ ޖަލްސާގައި ރައީސް ސާލިހަށް ތާއީދުކުރާ އެޕާޓީގެ ބައެއް މަޖިލިސް މެމްބަރުންވެސް ވައިވެރިވެޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.