މާލޭގެ ގެއެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި އޭނާގެ ބޭބެގެ ގަޔަށް ވަޅިޖެހި އަންހެން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްކަން ހާމަވެއްޖެއެވެ. މިގޮތުން ޓެސްޓުތަކުން އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްކަން ހާމަވެފައިވަނީ ކުރިމިނަލް ކޯޓުގެ ރިޕޯޓުންނެވެ.
ލަމްހާ ނަސީރު ނަމަކަށް ކިޔާ މި އަންހެން މީހާ އިއްޔެ މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުން ކޯޓުންވަނީ 15 ދުވަހަށް އޭނާ ބަންދު ކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތެވެ. އޭނާ ހައްޔަރު ކޮށްފައި ބަހައްޓާފައިވަނީ، އޭނގެ ސަބަބުން މުޖުތަމަޢަށް ނުރައްކާވެދާނެތީއާއި ހައްކަށް ނުފޫޒު ފޯރުވަފާނެތީކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިހަމަލާގައި ޒަޚަމްވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ