2020 ވަނަ އަހަރު ކައިވެނި ކުރި އެކްޓްރެސް ގޯހަރް ހާން ބަނޑުބޮޑުކަން އިއުލާން ކޮށްފިއެވެ. މިކަން އިއުލާން ކޮށްފައިވަނީ ގޯހަރުގެ އިންސްޓަގްރާމްގައި ހިއްސާ ކުރި ޕޯސްޓެއްގައިއެވެ.
މީގެ ދެދުވަހެއް ކުރިން އޭނާ އިންސްތަގްރާމްގައި ވަނީ ބަލިވެ އިންކަން އިއުލާން ކޮށްފައިއެވެ. އެ އާއިލާ އަށް ލިބޭ އުފަލުގައި ބައިވެރިވެ ހެޔޮދުއާ ކޮށްދިނުމަށް ވެސް އެ ދެމަފިރިން އެދިފައިވެ އެވެ. ގޯހަރް ކައިވެނި ކުރީ ލަވަކިޔުން ތެރިއެއް ކަމުގައިވާ ޒައިދް ދަރްބާރް އާއިއެވެ.
މީގެ ކުރިން ދިން އިންޓަވިއުތަކުގައި ގޯހަރު އެކި ފަހަރު މަތިން ވަނީ ދަރިއަކު ބޭނުން ކަމަށް ބުނެފައއެވެ. އަދި މަންމަ އަކަށް ވުމަކީ ލިބޭނެ އެންމެ ބޮޑު އުފާކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.
އަދި ދަރިއަކު ހޯދައިގެން އުފާވެރި ދިރިއުޅުމެއް ހޯދަން ބޭނުން ވާކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ. ގޯހަރު ވަނީ އޭނާގެ ފިރިމީހާ އާދި އާއިލާ އާއިއެކުގައި މިދިއަ އަހަރުގައި އުމްރާގެ އަޅުކަންވެސް އަދާކޮށްފައިއެވެ.
ޒައިދަކީ ޑައިރެކްޓަރް ސަންޖޭ ލީލާ ބަންސާލީ 1999 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި 2002 ގެ "ދޭވްދާސް" ގެ މިއުޒިކް ޑައިރެކްޓަރް އިސްމާއީލް ދަރްބާރްގެ ދަރިއެކެވެ.
ގޯހަރް، 37، ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "އިޝަގްޒާދޭ" އާއި "ފީވާ" އާއި "ބޭގަމް ޖާން" ހިމެނެ އެވެ.