ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތަށް ހައިވޭގެ ބައެއް ބަންދުކުރަނީ

ސޯލަރ ޕެނަލް ހަރުކުރުމުގެ މަސައްކަތަށް ހައިވޭގެ ބައެއް ބަންދުކުރަނީ

ގުޅުންހުރި

ހުޅުމާލެއާއި ހުޅުލެއާ ގުޅޭ ހައިވޭގައި ސޯލަރ ޕެނަލް ހަރުކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ކުރުމަށްޓަކައި ހައިވޭގެ ދެކުނު ފަރާތުން މޫދާވީ ފަޅީގެ ލޭނެއް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަންމަންޓް، މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިމަގުގައި 5 މެގަވޮޓްގެ ސޯލަރ ޕީވީ ހަރުކުރުމޖުގެ މަޝްރޫޢެއް މިހާރު ފަށައިގެން ދަނީ ކުރިއަށެވެ. މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 7ވަނަ ދުވަހުއެވެ.

ހުޅުމާލެ ލިންކް ރޯޑުގެ ސޯލާ މަޝްރޫޢާއެކު އަހަރަކު 20 މިލިއަން ރުފިޔާ ސަލާމަތްވާނެކަމަށް އެންވަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ހުޅުމާލެ ލިންކް ރޯޑުގައި ގާއިމްކުރާ 5 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްމަންޓަކީ ރާއްޖޭގައި އެއް ގްރިޑެއްގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ސޯލާ ޕީވީ އިންސްޓޯލްމަންޓުކަމަށް އެންވަރަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިއީ ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ކުރިއަރުވަން އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ އިންވެސްޓްމަންޓްތައް ހަލުވިކުރުމަށް ވޯލްޑްބޭންކުން އެހީވުމަށް ހިންގާ މަޝްރޫޢު – އެސްޕަޔަރގެ އެހީގައި ގިންގާ މަޝްރޫޢެކެވެ.

5 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްމަންޓުން އަހަރަކު ގާތްގަނޑަކަށް 7.3 މިލިއަން ސޯލާ ޔުނިޓް އުފެއްދޭނެއެވެ. މިއީ 2 މިލިޔަން ލީޓަރުގެ ޑީސަލާ އެއްވަރުގެ ޢަދަދެކެވެ. މިއާއެކު ސަރުކާރުން ތެލަށް ކުރާ ޚަރަދުތަކުން އަހަރަކު 15 މިލިޔަނާއި 20 މިލިޔަނާ ދެމެދުގެ ޢަދަދަކަށް ރުފިޔާ ސަލާމަތްވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ