ކައިވެންޏެއް ކުރާނީ ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ޚާން ކައިވެނި ކުރި ދުވަހަކުން ކަމަށް "ބާހޫބަލީ" އިން މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފައިވާ ސައުތުގެ އެކްޓަރު ޕްރަބާސް ބުނެފިއެވެ.
ދާދި ފަހުން ވަނީ އޭނާ ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަށް ވަރަށް ގަދަވެފައިއެވެ. އަދި އޭނާ އާއި ބަތަލާ ކްރިތީ ސެނޮން އުޅޭނީ ރައްޓެހި ވެގެން ކަމަށާއި އެދެމީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމުގެ އަޑުތަކެއް ވަނީ ގަދަވެފައިއެވެ. މިއަޑުތަށް ގަދަވީ އެދެމީހުން އެކުގައި ފިލްމެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
އަދި ހަމަ އެއާއި އެކުގައި ކްރިތީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ޕަރަބާސް އަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި އޭނާ އާއި ކައިވެނި ކުރުމަށް ފުރުސަތު ލިބިއްޖެ ނަމަ އެއްބަސް ވާނެ ކަމަށެވެ.
މިފަހުން ޕްރަބާސް ވަނީ ޓޯކް ޝޯވ އެއްގައި ބައިވެރިވެފައިއެވެ. "އަންސްޓޮޕެބްލް"ގައި އޭނާ ކައިވެންޏެއް ކުރަން ވިސްނަނީ ކޮންއިރަކުތޯ އެހުމުން ބުނީ "ސަލްމާން ހާން އަށް ފަހު" ކަމަށެވެ. ޕްރަބާސް އަކީ އާންމުކޮށް އިންޓަވިއުތަކާ ދުރު ތަރިއެކެވެ. އަދި ވީހާވެސް 'ފިލައިގެން' އުޅެވޭތޯ އޭނާ ބަލައެވެ.
43 އަހަރުގެ އެކްތަރަކީ ކާމިޔާބު އެތަށް ފިލްމް ތަކެއް ކުޅެފައިވާ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު އެކްޓަރެކެވެ. ހާއްސަކޮން އޭނާ އާއި ކައިވެނި ކުރުމަށް ތައްޔާރަށް ގިނަ ބަޔަކު އެބަ ތިއްބެވެއެވެ. މިހާތަނަށް އަދި އެއްވެސް ކައިވެންޏެއް ކޮށްފައި ނުވާ ޕަރަބާސްގެ ލޯބީގެ ވާހަކަ އަކީވެސް ވަރަށް ސިއްރު ވާހަކައެކެވެ. އޭނާ އާއި ސަައުތުގެ ބަތަލާ އަނުޝްކާ އާއި ލޯބީގެ ގޮތުން ގުޅުން ކަމުގެ އަޑުތަށްވެސް އެރިއެވެ. ނަމަވެސް އެއީވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކަށް ވެގެން ނިމުނީއެވެ.
ޕްރަބާސް އެކޭ އެއްފަދައިން ސަލްމާން ހާން އަކީ ވެސް މިހާތަނަށް އެއްވެސް ކައިވެންޏެއް ކޮށްފައިވާ ތަރިއެއް ނޫނެވެ. މިހާރު އުމުރުން 56 އަހަރުގެ އެކްޓަރުގެ ކައިވެންޏަށް އެދިވެސް ގިނަ ބަޔަކު އެބަތިއްބެއެވެ. މި ދެތަރިންނަކީ އެމީހަކަށް ޓަކައި އެންމެ ގިނަ ބަޔަކު ފިދާވާ ދެ ނޯޖަވާނުންނެވެ. ނަމަވެސް ޕްރަބާސް އާއި ހިލާފަށް ސަލްމާންގެ ލޯބީގެ ވާހަކަތަކީ ނަން މަޝްހޫރު ވާހަކަތަކެކެވެ.
ބަލާއިރު ޕްރަބާސް މިހާރު ކުޅެނީ ހިންދީ އަދި އިތުރު އެތައް ބަހަކުން އުފެއްދުމުގެ މަސައްކަތްކުރާ "އަދިޕްރޫޝް" އާއި "ޕްރޮޖެކްޓް ކޭ" ކިޔާ ފިލްމެއްގަ އެވެ. "ޕްރޮޖެކްޓް ކޭ"ގައި ޕްރަބާސް އާއެކު މުހިއްމު ރޯލުތައް ކުޅޭ އެކްޓަރުންގެ ތެރޭގައި އަމީތާބު ބައްޗަން އާއި ދީޕިކާ ޕަދުކޯން ހިމެނެ އެވެ. މީ ދީޕިކާ އާއި އެކުގައި ޕްރަބާސް މަސައްކަތް ކުރާ ފުރަތަމަ ފިލްްމެވެސް މެއެވެ.