ހޭރާ ޕޭރީ އިން އަކްޝޭ ފެނުން އެކަށީގެންވޭ!

ހޭރާ ޕޭރީ އިން އަކްޝޭ ފެނުން އެކަށީގެންވޭ!

Author
ފާތިމަތު ނާވީ
21 ޑިސެމްބަރ 2022 06:53
0

ބޮލީވުޑް ސުޕަ ސްޓާ އަކްޝޭ ކުމާރުގެ ސުޕަ ހިޓް ސީކުއެލް  "ހޭޕާ ޕޭރީ" އިން އޭނާ ބޭރުކޮށް، އެފިލްމްގައި އޭނާ ކުޅޭ ކެރެކްޓާ ކުޅުމަށް ކާތިކް އާރިޔާން، ހަމަޖައްސައިފައިވާކަމަށް މިއަހަރުގެ މެދުތެރޭގައި ވަނީ އަޑު އަރައިފައިއެވެ.

އަދި ކާތިކް މި ފިލްމް އަށް ގެނައުމަށް މަޝްވަރާތަށް ކުރަމުން އަންނަ ކަމަށާއި މިފިލްމް އަށް ކާތިކް އާނ ބަސް ބުނެފައިވާކަމަށްވެސް ވަނީ ހަބަރުތަށް ބުނެފައިއެވެ. މީގެ ކުރިންވެސް ކާތިކް ވަނި އަކްޝޭ ކުޅުނު ފިލްމްއެއްގެ ދެވަނަ ބައިން ފެނިގެން ގޮސްފައިއެވެ. އެއީ މިއަހަރުގެ އެންމެ ކާމިޔާބު އެއްފިލްމް ކަމުގައިވާ "ބޫލް ބުލައްޔާ 2″އެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

އެ ފިލްމްއާއި އެކުގައި ކާތިކްގެ ޑިމާންޑް މިހާރު ވަނީ ވަރަށް ބޮޑުވެފައިއެވެ. އަދި އޭނާ އަންނަނީ މިހާރު ބޮލީވުޑްގައި ރަސްކަން ކުރަމުންނެވެ. 32 އަހަރުގެ އެކްޓަރުގެ ޑިމާންޑް މިޙާރު ވަނީ ވަރަށް ބޮޑުވެފައިއެވެ.

އަކްޝޭގެ "ހޭރާ ޕޭރީ" އިން ކާތިކް އަށް ފުރުސަތު ކަށަވަރު ވެފައިވިނަމަވެސް، އެ ރޯލަށް އަކްޝޭ ނެގުމަކީ އެކަށިގެންވާކަމެއް ކަމަށް މިހާރު ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ. އަދި އެފުރުސަތު އަދި އަކްޝޭ އަށް ނުގެއްލޭ ކަމަށާއި ކާތިިކްގެ ބަދަލުގައި އޭނާ ފެނުމަކީ ވަރަށް ގާތްކަމެއް ކަމަށްވެއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

މިއީ އަކްޝޭ އާއި ސުނިލް ޝެޓީގެ އިތުރުން ޕަރޭޝް ރާވަލާ އެކު ގެނެސްދެމުން އައި އެއްޗެކެވެ. "ހީރާ ޕޭރީ" ގެ ފުރަތަމަ ބައި 2000 ވަނަ އަހަރު ގެނެސްދިނުމަށް ފަހު. "ޕިރް ހީރާ ޕޭރީ" ގެނެސްދިނީ 2006 ގަ އެވެ. ފުރަތަމަ ބައި ޑައިރެކްޓްކުރީ ޕްރިޔަދަރުޝަނެވެ. ދެވަނަ ބައި ހެދީ 2017 ގައި މަރުވި ނީރަޖް ވޯރާ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.