މެސީގެ ފޮޓޯއެއް 15 މީޓަރު އަޑީގައި ހަރުކޮށް ތާޢީދު ދައްކާލައިފި

މެސީގެ ފޮޓޯއެއް 15 މީޓަރު އަޑީގައި ހަރުކޮށް ތާޢީދު ދައްކާލައިފި

Author
ޢަލީ އާދަމް
19 ޑިސެމްބަރ 2022 09:59
0

ރޭ ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގެ ޗެމްޕިއަން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް އޮތް ސަޕޯޓާއި ލޯބި ދައްކާލުމުގެ ގޮތުން މަލިކުގެ ޒުވާނަކު މެސީގެ ފޮޓޯއެއް މަލިކާ ޖެހިގެން އޮންނަ ކަވަތަރީގެ މޫދުގެ 15 މީޓަރު އަޑީގައި ހަރުކޮށް ސަމާލުކަން ހޯދައިފިއެވެ.

އެއީ މަކިކުގެ މަޝްހޫރު ޔޫޓިއުބާއެކެވެ. މުހައްމަދު ޞާދިގު ނަމަކަށްކިޔާ ޒުވާނާވަނީ އޭނާ މިކަންކުރިގޮތުގެ ވިޑިއޯ ޔޫޓިއުބުގައި ޙިއްސާކޮށްފައެވެ. ސޯދިގަކީ މިވަގުތު އިންޑިއާގެ ކަވަރަތީގައި ދިރިއުޅޭ މަލިކު ޒުވާނެކެވެ. ކަވަރަތީ އޮންނަނީ މަލިކާއި ޖެހިގެންނެވެ. އެއީ ލަކްޝަދީބް ރަށްތަކުގެ ވެރިރަށެވެ.

 

ޞާދިޤު ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށްވެސް އިންޓަވިއު ދީފައެވެ. އޭނާ ބުނެފައިވަނީ މި ވޯލްޑް ކަޕް ފެށުމާއެކުވެސް އާޖެންޓީނާ ކުޅެމުން އަންނަ ކޮންމެ މެޗެއްގައި އޭނާގެ ފްލޯވާސްއަށް އޭނާގެ ކޮންމެވެސް ޗެލެންޖެއް ޢިއުލާންކުރާ ކަމަށެވެ. އެ ޗެލެންޖަކީ ކޮންމެ މެޗެއްގައިވެސް އާޖެންޓީނާ މޮޅުވެއްޖެނަމަ ކޮންމެވެސް މޮޅުކަމެއް ކުރުމަށް ކުރާ ޗެލެންޖެކެވެ.

ކުއާޓާ ފައިނަލް މެޗުން މޮޅުވުމުން އޭނާވަނީ ކަނޑު މެދުގައި ބިރިޔާނީ ކައްކައިގެން ކާނެކަމަށް ކުރި ޖެލެންޖު ފުރިހަމަކޮށްފައެވެ. މެސީގެ ފޮޓޯއެއް ރަށުގެ ފަރު ބޭރު މޫދުއަޑީގައި ހަރުކުރީ ސެމީ ފައިނަލްގައި އާޖެންޓީނާ މޮޅުވުމުންނެވެ. މިއީ ބޮޑުމިނުގައި 4 މީޓަރުގެ ފޮޓޯއެކެވެ.

އާޖެންޓީނާވަނީ މިފަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށް ރޭ ތަށި އުފުލާފައެވެ. ޞާދިގުގެ އެންމެފަހު ޗެލެންޗަކީ ކޮބައިކަމެއް އަދި ނޭނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.